ރާއްޖެ-އިންޑިއާ، ދެ ޤައުމުގެ ދިފާއީ ވަޒީރުން މަޝްވަރާކޮށްފި
ރަސްމީ ދަތުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންފައިވާ އިންޑިޔާގެ ދިފާޢީ ވަޒީރު ޝްރީ ރާޖްނާތު ސިންގ އާއި ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ އާއި ދެ ބޭފުޅުން އިއްޔެ މަޝްވަރާ ކުރައްވައިފިއެވެ. ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގައި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެޤައުމުގެ ދިފާޢީ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރާއްޖޭގެ ދިފ...