ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ
ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ، ހަސަން ޖަމީލް ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ މާލެއިންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރު ތަފްސީލެއް ނުދެއްވައެވެ. އޭނާ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ އާއިލާއިން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމު...