އިމްރާން ހާން ހައްޔަރުކުރި މައްސަލާގައި ސިފައިންގެ އިސް އޮފިސަރުންތަކެއް ވަކިކޮށްފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން މިދިޔަ މެއި މަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގެ ސިފައިންގެ އިސް ތިން އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި އެވެ. މަގާމުން ދުރުކުރި ބޮޑުވަޒީރު އިމްރާންޚާން މިދިޔަ މަހު ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ހައްޔަރު ކުރުމުން އޭނާގެ އެތައް ހާސް ސަޕޯޓަރުން ވަނީ އަސްކަރީ އިމާރާތްތަކަށް ގެއްލުން ދީ ހަމަނުޖެހުން ހިންގައިފަ އެވެ.. އެ މުޒާހަރާތަކުގައި މަދުވެގެން އަށް މީހަކު ވަނީ މަރުވެފަ އެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިސް...