ގާސިމާއި ނާޒިމްގެ ބައްދަލުވުމެއް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރ، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރައްވައިފިއެވެ. ޤާސިމާއި ނާޒިމަކީ ވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ ނުރަސްމީ ކެމްޕޭން ވެސް ވަނީ މިހާރު ފަށާފައެވެ. މި ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޤާސިމްގެ ވިލާ ޕާކު (ސަން އައިލެންޑު ރިސޯޓު) […]