މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,457 Stories
3,514 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
Raajje

ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާ ކުރައްވައިފިއެވެ. ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަދު ފުލުހުންގެ މަރުކަޒު އިސްކަންދަރު ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި، ސީޕީ ހަމީދަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔާމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކު...

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 12,429,262.93 ރުފިޔާ އަށެވެ. މި މަޝްރޫޢު ހަވާލުކޮށްފައި 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ހދ. އަތޮޅު މަދަރުސާ ހުންނަނީ އެ އަތޮޅު ވަ...

ދިނީ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް: ފުލުހުން
Raajje

ދިނީ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް: ފުލުހުން

ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންތަކަށް ދީފައި ވަނީ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް އެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ގިނަ އަދަދެއް ފުލުހުންނަށް މަގާމުގެ ކުރިއެރުންދީފައިވާކަމަށް ޚަބަރު ފެތުރިފައިވާއިރު، އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިކަމާއި ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕްގައި ކުރި ސުވާލުގެ ޖަވާބުގައި ފުލު...

''ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ''
Parliament

''ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ''

”ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ” ކަމަށާއި، މި ސަރުކާރަށް ސަރުކާރުގެ ޚަރަދު ނުބެލެހެއްޓި ބަޖެޓު އޮތީ ހުސްކޮށްލާފައި ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ސަޕްލިމެންޓްރީގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ޚަރަދު ކުރުން އޮންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މިންވަރަކަށް ފާސް ކުރާ ދުވަހަކ...

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކޮށްފި
Raajje

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކޮށްފި

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަސްލަމް މި މަޤާމަށް ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވައި...

ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވައިފި
Parliament

ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ ޒަކާތާބެހޭ ބިލުގެ އިތުރުން މެރިން ސްޕޭޝަލް ޕްލޭނިންގއާބެހޭ ބިލާއި އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޒަކާތާބެހ...

އެއްގަމު ލައިސަންސްގެ ތިއަރީ އިމްތިހާނު ހަދާ ސެންޓަރަކަށް ޕޮލިޓެކްނިކް
Raajje

އެއްގަމު ލައިސަންސްގެ ތިއަރީ އިމްތިހާނު ހަދާ ސެންޓަރަކަށް ޕޮލިޓެކްނިކް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މާލެ ސަރަހައްދުގައި ހަދާ ސެންޓަރެއް ގޮތުގައި ޕޮލިޓެކްނިކް ހަމަޖައްސައިފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވިދާޅުވީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މޯލްޑިވްސް ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެތަނުން މި އިމްތިހާނު ހަދަން ފަށާނީ 15 ނޮވެމްބަރ 2023 ވަނަ ދުވަހު މާދަމާ) އިން ފެށިގެން ކ...

އަދީބާއި ޒިޔަތަށް މާފު ދިނުން ބަލައެއް ނުގަންނަން: އަދާލަތު
Raajje

އަދީބާއި ޒިޔަތަށް މާފު ދިނުން ބަލައެއް ނުގަންނަން: އަދާލަތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވުމުން މިނިވަންވެފައިވާއިރު އެކަން ބަލައި ނުގަންނަ ކަމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިރޭ ބުނެފިއެވެ. އަދީބާއި، ޒިޔަތަށް ރައީސް ދެއްވި މާފާއެކު އިއްޔެ އެ ދެ މީހުން ވަނީ މިނިވަން […]

މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުއާހަދާގައި ރާއްޖެ ބައިވަނީ
Raajje

މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުއާހަދާގައި ރާއްޖެ ބައިވަނީ

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް އެކުވެރި ދައުލަތްތައް (އދ) އިން އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މި މުއާހަދާ އަކީ “އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރ...

ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ
Thiladhunmathi News

ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ

ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ފަލަސްޠީނަށް އެހީވުމަށްޓަކައި ފަންޑު ހޯދުމަށް ފުނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކާއި އަދި ފުނަދޫ ރައްޔިތުންނާއި ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. 28 އޮކްޓޫބަރ އިންން ނޮވެމްބަރ 04 އަށް ހިންގި މި ހަރަކާތްތަކުން ޖުމްލަ 300،226.02 ލިބިފައިވާކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވާފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ލިބި...

ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ
Thiladhunmathi News

ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ

ގެއްލިގެން ހޯދަމުން ދާ ހދ. ކުޅުދުއްފުށި ސިޓީ / ލަންދޫގެ، އަބްދުﷲ އިބްރާހިމް، އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އުމުރުން 39 އަހަރުގެ އަބުދުﷲ އިބްރާހިމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަ ރިޕޯޓުކޮށްފައި ވަނީ މި ނޮވެމްބަރު 3 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ގެންދަވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެދުވަހު ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިލައްވާފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު […]

މީޑިއާތަކަށް ހާއްސަ ވިލެޖެއް ތަރައްގީކޮށްދޭނަން: މުޢިއްޒު
Raajje

މީޑިއާތަކަށް ހާއްސަ ވިލެޖެއް ތަރައްގީކޮށްދޭނަން: މުޢިއްޒު

ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމަކީ އައު ސަރުކާރުގެ ވިސްނުމެއްކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ވަނީ ”ނޫސްވެރިންގެ ގުންޒަރު”ގެ ނަމުގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ނޫސްވެރިންނާ ބައްދަލުކޮށްލެއް...

ނޫސްވެރިކަމުގެ ރޮނގުން ހިލޭ ކިޔެވޭނެ ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދޭނަން: މުޢިއްޒު
Raajje

ނޫސްވެރިކަމުގެ ރޮނގުން ހިލޭ ކިޔެވޭނެ ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދޭނަން: މުޢިއްޒު

އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ ރޮނގުން ހިލޭ ކިޔެވޭނެ ސްކޮލާޝިޕްގެ ފުރުސަތު، ނޫސްވެރިންނަށް ފަހިކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުކޮށްލެއްވުމެއްގައެވެ. ”ނޫސްވެރިންގެ ގުންޒަރު”ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އިތުރުން، އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، އައު ސަރުކާރުގެ ކެބިނެޓާއި...

މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިޚާބުކޮށްފި
Parliament

މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިޚާބުކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ އިންތިޚާބު ކޮށްފިއެވެ. މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި އަސްލަމް އިންތިޚާބު ކުރީ މިރޭ 22:00 ގައި އެކަމަށް ފެށި މަޖިލީހުގެ ޖަލްސާގައެވެ. މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރަން ނަން ހުށަހަޅަން ރިޔާސަތުން ހުޅުވާލުމުން އެމްޑީޕީން އަސްލަމްގެ ނަން ހުށަހަޅާފައިވާއިރު، ޑިމޮކްރެޓްސް އިން ވަނީ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ ނަން ހުށަހަޅައިފަ އެވެ. މި އިންތިޚާބުގައި […]

މަޖިލީހުގެ ރައީސަކަށް އަސްލަމްގެ ނަން
Parliament

މަޖިލީހުގެ ރައީސަކަށް އަސްލަމްގެ ނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބު ކުރުމަށް އޭނާގެ ނަން ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިރޭ ފާސްކޮށްފިއެވެ. މަޖިލީހުގެ ރައީސް އިންތިޚާބު ކުރާ ޖަލްސާ ތާވަލުކޮށްފައި ވަނީ މިރޭ 22:00 އަށެވެ. މަޖިލީހުގެ ރައީސް އަކަށް އަސްލަމް ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްތިފާގުވެފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ މެންބަރަކު “ތިލަދުން” އަށް ޔަގީންކޮށް ދެއްވިއެވެ. މަޖިލީހުގެ ރައީސެއް އިންތިޚާބު ކުރަން އެމްޑީޕީން ނަމެއް ހުށަހަޅަން ދެން […]