ސްކޫލްތަކުގެ ކޮންމެ ދުވަހެއްގެ ކިޔެވުން ޤައުމީ ސަލާމުން ފަށާގޮތަށް ނިންމައިފި
އަންނަ ޑިސެންބަރު މަހުގެ ސްކޫލް ބަންދަށްފަހު، ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ކިޔެވުން ފަށާގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ވަޒީރުންނާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުް ވިދާޅުވި ގޮތުގައި، މިގޮތައް ނިންމެވުމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ. މިގޮތައް ޤައުމީ ސަލާމް ކިޔާން ނިން...