މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,689 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި
Raajje

ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި ”ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން” ފަށަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ވަޒީރުންގެ މަޖިލީހ...

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި
Raajje

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި

ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު  މުޙައްމަދު ޝަހީބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ އެވެ. ޝަހީބު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މު...

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް
Raajje

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް

ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ  މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު  މުޙައްމަދު ޝަހީބު އެވެ. އިސް ތަރުޖަމާނުގެ މި ނޫސްވެރިންގެ ބައްދަލުވުމަކީ،  މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލު...

ކުވޭތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރުން މިރޭ އިސްލާމީ މަރުކަޒުގައި
Raajje

ކުވޭތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރުން މިރޭ އިސްލާމީ މަރުކަޒުގައި

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްގެ މައްޗަށް ރާއްޖޭގައި ވެސް ކަށުނަމާދުކުރަން ނިންމާފައިވާއިރު، އެ ނަމާދު އޮންނާނީ މިރޭ އިސްލާމީ މަރުކަޒުގައި ކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ. އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ އިއްޔެ އެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައި ވަނީ ކުވޭތުގެ އަމީރަކީ ރާއްޖެއާ ނުހަނު ގާތް އަޚުވަންތަ ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ. އަމީރު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނު މަ...

އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރުކަމުގައި ކަނޑައަޅައިފި
Raajje

އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރުކަމުގައި ކަނޑައަޅައިފި

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ. މިގޮތުން އެކަން ކަނޑައަޅުއްވައި ރައީސް މިއަދު ނެރުއްވި ޤަރާރުގައިވާގޮތުން ސްޕެޝަލް އެކޮނިމިކް ޒޯނުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމުކުރާ އެސްއީޒެޑް ޒޯނެއްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރެވެ. 2018 ވަނަ އަހަރު އޭރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލީހްގެ ގަރާރަކުން ކުރިން ކަނޑައަޅާފައި އޮންނަ އަދަ...

ފަސްނަމާދު ވަގުތުގައި ޤާއިމުކޮށް، ފަތިސް ނަމާދުން ދުވަސް ފެށުމަށް ރައީސްގެ ނަސޭހަތެއް
Raajje

ފަސްނަމާދު ވަގުތުގައި ޤާއިމުކޮށް، ފަތިސް ނަމާދުން ދުވަސް ފެށުމަށް ރައީސްގެ ނަސޭހަތެއް

ފަރުޟު ފަސްނަމާދު ވަގުތުގައި ޤާއިމުކޮށް، ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމަށް ރައީސްގެ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފިއެވެ. މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރައް ރޭ މާލޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ ހުރަވީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ޤައުމީ ބަތަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން)ގެ ޖިހާދުން ދިވެހިންނަށް ލިބިދޭ އިބުރަތްތަކާއި ފިލާވަޅުތަކުގެ...

''ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ދޮރުތަކުގައި ތަންޑު އަޅުވާނަން''
Raajje

''ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ދޮރުތަކުގައި ތަންޑު އަޅުވާނަން''

ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ވެރިރަށް މާލޭގައި ރޭ ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމަށާއި، ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނ...

''ބާރު ދައްކަން ބޭނުންވުމުން ކޮންމެ ގޮތެއް ވަރިހަމަވުމަކީ ޤައުމަށް ޣައްދާރުވުން''
Raajje

''ބާރު ދައްކަން ބޭނުންވުމުން ކޮންމެ ގޮތެއް ވަރިހަމަވުމަކީ ޤައުމަށް ޣައްދާރުވުން''

ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި ރާއްޖޭގެ 1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަ...

ކުވޭތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ
Raajje

ކުވޭތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ މިއަދު އެވެ. މިކަމުގެ ހިތާމާގައި  17 ޑިސެންބަރު 2023 އިން ފެށިގެން 19 ޑިސެންބަރު 2023 އަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު […]

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހި ފިރިހެނުންނެވެ. މި މައްސަލާގައި މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި، 26 އަހަރާއި އަދި 27 އަހަރުގެ މީހެކެވެ. މި މީހުން ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔުމުން އުމުރުން 25 […]

ކްރޫޒްލައިނާތަކާގުޅޭ ގަވާއިދު އިސްލާހްކޮށް ދަތިތަކަށް ހައްލު ހޯދައިދޭނަން: ފައިސަލް
Raajje

ކްރޫޒްލައިނާތަކާގުޅޭ ގަވާއިދު އިސްލާހްކޮށް ދަތިތަކަށް ހައްލު ހޯދައިދޭނަން: ފައިސަލް

ކްރޫޒްލައިނާތަކާގުޅޭގޮތުން ކުރީ ސަރުކާރުން ހެދި ގަވާއިދު އިސްލާހްކޮށް، އެކަމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ހޯދައިދެއްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުން ކްރޫޒްލައިނާތަކާ ގުޅިގެން ހެދި ގަވާއިދާއެކު ރާއްޖެ އަށް އައުމަށް ޕްލޭން ކޮށްފައިވާ ޕެސެންޖަރު ލައިނާތައް މިހާރު އެހެން ގައުމުތަކަށް ޑައިވާޓު ކުރަން ފަށާފައިވާ ކަމަަށް ބުނެ އެ ދާއިރާގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ...

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި
Raajje

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފިއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދު (16 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00) އާ ހަމަޔަށެވެ. އެމްޑީޕީން ބުނީ، އެ ޕާޓޯގެ ޓިކެޓް ދޭނެ ފަރާތްތައް ހޮވަން، ޕްރައިމަރީ ބާއްވަންޖެހޭ ތަންތާ ޕްރައިމަރީ އޮންނާނީ 26 އަދި […]

މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
Raajje

މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކ. ތުލުސްދޫން ފުރައިގެން ކ.މާފުށްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފިއެވެ. މި ދޯންޏަކީ، “ޑޮނަޓެއްލާ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ދޯނި އަރާފައި ވަނީ، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށެވެ. މި ދޯނި އަރައިގެން އެކަމުގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން އެބަ ތިއްބެވެ. އެ ދޯނި، ފަރަށްއެރިކަމުގެ...

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްލުން ބަލައިގަންނަންޖެހޭނެ: މަހްލޫފް
Raajje

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްލުން ބަލައިގަންނަންޖެހޭނެ: މަހްލޫފް

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތްހެދުމަކީ މުޖުތައު ބަލައިގަންނަންޖެހޭ ކަމެއްކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ކުރީގެ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ސަރުކާރުން އަންގައިގެން ރާއްޖޭގައި ފެންނަ ބަރަހަނާ ސައިޓުތައް އިއްޔެއިން ފެށިގެން ވަނީ ބްލޮކްކޮށްލާފައެވެ. މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން މަހްލޫފް ‘’އެކްސް’’ ގައި ވިދާޅުވީ، ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް ކަމަށެވެ. ‏’’...

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭގޮތް ހަދައިފި
Raajje

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭގޮތް ހަދައިފި

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް، އެފަދަ ހުރިހާ ސައިޓުތަކެއް ބްލޮކްކޮށްފިއެވެ. މިކަން ތަންފީޒު ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން އެންގިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާބެހޭ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މިހާރު ހަދާފައިވާއިރު، އެ ފަދަ ސައިޓެއް ލޯޑު ވެސް ދެން ނުކުރެވޭނެއެވެ. މިފަދަ ނިންމުމެއްގެ ވާހަކަ ރަސްމީކޮށް ކުރިން ހާމަކޮށްފައިނުވާއި...