މިއަހަރުގެ ޤައުމީ އިނާމު ދެއްވާނީ އުތީމު ޖަލްސާގައި
މިއަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދޭނީ ހއ. އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި މި އިނާމްތައް ދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ […]