ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓް އެއްބަސްވުންތަކުގައި ސޮއިކޮށްފި
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެމުން އަންނަ “ސްކޫލް ގްރާންޓް” ގެ މިއަހަރުގެ ގްރާންޓް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ސިޓީގެ ސަރުކާރު 3 ސްކޫލަކަށް 2026 ވަނަ އަހަރު ދިނުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ގްރާންޓް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކު...