މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,703 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ނަހުލާ ހުޅުމާލެ ދެކުނު ގޮނޑިއަށް ވާދަކުރައްވަނީ
Raajje

ނަހުލާ ހުޅުމާލެ ދެކުނު ގޮނޑިއަށް ވާދަކުރައްވަނީ

ކުރީގެ ދަތުރުފަތުރާބެހޭ ވަޒީރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު، އައިޝަތު ނަހުލާ އަންނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. ނަހުލާ މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ޢިއުލާން ކުރައްވާފައެވެ. ނަހުލާ ވިދާޅުވެފައިވާ ގޮތުގައި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާ އަށް ވާދަކުރައްވަން އޭނާ ނިންމަވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ”އަޅުގަ...

ރާއްޖޭގެ ހަމްދަރުދީގެ މެސެޖެއް ޖަޕާނަށް
Raajje

ރާއްޖޭގެ ހަމްދަރުދީގެ މެސެޖެއް ޖަޕާނަށް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ ޤައުމުގެ މެދުތެރޭގެ އިޝިކާވާއަށް އައި 7.6 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާއެކު އެރި ސުނާމީއާ ގުޅިގެން، ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ […]

ބޯންމެރޯ ހެދުމަށް އިތުރު ދެ ކުދިން ފުރައިފި، އިތުރު ކުދިން އަންނަ ހަފްތާގައި ފުރާނެ
Raajje

ބޯންމެރޯ ހެދުމަށް އިތުރު ދެ ކުދިން ފުރައިފި، އިތުރު ކުދިން އަންނަ ހަފްތާގައި ފުރާނެ

ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު ”ހަފްތާ14” ގެ ސިއްހީ ވަޢުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ ޑިސެންބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި ވަޢުދުގެ ދަށުން އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުންކަމަށް ސިއްހަތާބެހޭ […]

ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވަނީ
Raajje

ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވަނީ

ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ އެ ލޯންޗަށް ސިފައިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ލޯންޗަކަށް ދިޔަވެ، ގެއްލުން ވާތީ ސިފައިން އަންނަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެއީ ތ. އަތޮޅު ބުރުނީގެ ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. “އެމްއާރުސްޕީޑް” ނަމަކަށް ކިޔާ ލޯންޗަށް ދިޔަވެ ގެއްލުންވުމުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކުޑަހުވަދޫ ޕޯސްޓްގެ ސިފައިންނެވެ. ‘’މ...

ގޭސް ކުންފުނީގެ ވެރިން ގޭސް ޑެލިވަރީކުރުމުގައި ބައިވެރިވެއްޖެ
Business

ގޭސް ކުންފުނީގެ ވެރިން ގޭސް ޑެލިވަރީކުރުމުގައި ބައިވެރިވެއްޖެ

މޯލްޑިވްސް ގޭސްގެ އިސްވެރިންނާއި މެނޭޖްމަންޓް ގޭސް ޑެލިވަރީކުރުމުގައި އަމަލީގޮތުން ބައިވެރިވެއްޖެ އެވެ. މޯލްޑިވްސް ގޭސް އިން މިއަދު ‘’އެކްސް’’ ގައި ބުނީ، އެ ކުންފުނީގެ އިސްވެރިންނާއި މެނޭޖުމަންޓު ޓީމް ގޭސް ޑެލިވަރީ މަސައްްކަތުގައި ޢަމަލީ ގޮތުން މުވައްޒަފުންނާއެކު މިއަދު ބައިވެރިވަމުން އަންނަ ކަމަށެވެ. މި ކަމަކީ، އާއަހަރާއި ގުޅިގެން ކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަސައްކަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙަނ...

ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް އެދިވަޑައިގެންފި
Raajje

ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް އެދިވަޑައިގެންފި

އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ތިން ކަމަކަށް އެދިވަޑައިގަންނަވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމެވެ. ދެވަނަ ކަމަކަށް އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ...

ޚަޠީބުންނަށް ވުމަށް 100 ޒުވާނުން، ރޯދައިގެ ކުރިން ތަމްރީނުދީ ނިމާލަނީ
Raajje

ޚަޠީބުންނަށް ވުމަށް 100 ޒުވާނުން، ރޯދައިގެ ކުރިން ތަމްރީނުދީ ނިމާލަނީ

ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގެ ދަށުން ކުރިމަތި ޒުވާނުންގެ ތެރެއިން އިންޓަވިއުއިން ފާސްވާ ޒުވާނުންނަށް ތަމްރީނުދީ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި އެ ވުޒާރާއިން ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ޢިއުލާން ކުރި މަޝްރޫޢުގެ ދަށުން 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ޒުވާނުންނަށް އޮންނަ އިންޓަވިއު އަންނަ [...

އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލެ، މާލެ އަދި ގޮއިދޫ އަށް
Raajje

އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލެ، މާލެ އަދި ގޮއިދޫ އަށް

ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލޭ ސިޓީގެ ހުޅުމާލެ، މާލެ އަދި ބ. ގޮއިދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުން ދައްކައިފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ […]

ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ
Raajje

ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ

ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ. މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ. މި ހާދިސާގައި […]

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް
Thiladhunmathi News

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ ކަނޑުމަހުގެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް ދީފިއެވެ.   ހަނިމާދޫ ކައުންސިލުން މި ކޫޕަންތައް އެރަށުގެ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދީފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގެ މަސްވެރިންނަށް ދިން ޚާއްޞަ ޖާފަތެއްގައެވެ. މި ދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މި ޖާފަތުގައި އެރަށުގެ ގިނަ މަސްވެރިން ބައިވެރިވެފައިވާ ކަމަށް ހަނިމާދޫ ކައުންސިލްގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓާ ކައުންސިލް މެންބަރު ހާރިސާ މުހައްމަދު ‘’ތިލަދުން’...

ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ
Raajje

ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

ށ. ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ށ. ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް އެ އަތޮޅު ފޭދުއާ ދިމާލަށް ވާގޮތަށް އޮނުތަކެއް ދަނީ އޮޔާ ދަމުންނެވެ. އެ ސަރަހައްދުގައި މި އޮނުތައް ދެފެންދޭތެރޭ އޮޔާދާތީ އެކަމަށް އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ. ޚާއްޞަކޮށް އެ ސަރަހައްދުން ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުނ...

ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ނެރެފި
Raajje

ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ނެރެފި

ފެން ބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގެ ވަގުތަކީ މިއަދު 15:15 އިން 17:30 އަށެވެ. ސަމާލުގެ މެސެޖުގައިވާގޮތުން އެ ސަރަހައްދުތަކަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ. މީގެ އިތުރުން ފެން ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފަ ވެއެވެ.

ކ. ގުރައިދޫގައި ފެން ބޮޑުވި ތިން ގެއަކުން މީހުން ބަދަލުކޮށްފި
Raajje

ކ. ގުރައިދޫގައި ފެން ބޮޑުވި ތިން ގެއަކުން މީހުން ބަދަލުކޮށްފި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ވިހި ގެއެއްގައި ފެންބޮޑުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ)އިން ބުނެފިއެވެ. އެންޑީއެންއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ހަ ރަށަކުން ލިބިފައިވާ ކަމަށެވެ. އެ ރަށްތަކަކީ ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން؛ ފޮނަދޫ، ސ.މަރަދޫ  އަދި ކ. ގުރައިދޫ އެވެ. މީގެ ތެރެއިން ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް މީހުން ބަދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން […]

އަލީ ޒާހިރު ފެލިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފި
Raajje

އަލީ ޒާހިރު ފެލިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވ. ފެލިދޫ ދާއިރާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި އެކަން ޢިއުލާން ކުރައްވައިފިއެވެ. ޢަލީ ޒާހިރު މިކަން ޢިއުލާން ކުރެއްވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، މި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިޢުލާންކުރާ ކަމަ...

އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް ފަސް އަހަރު ތެރޭ މާކެޓަށް ނެރުން: ފައިސަލް
Raajje

އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް ފަސް އަހަރު ތެރޭ މާކެޓަށް ނެރުން: ފައިސަލް

މި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް މާކެޓަށް ނެރުންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭން ބޭރުގެ ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ކުރައްވާ މަސައްކަ...