ރެސްޓޯރެންޓެއްގައި އިން އަންހެނަކަށް ހަމަލާދިން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
މާލޭގެ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި އިން އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 22 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި އިން އަނ...