ކަސްޓަމްސް އަކީ އާމްދަނީ ހޯދައި ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ކުރިން ދެކެވުނަސް މިއަދު މަސްއޫލިއްޔަތުތައް މާ މާފުޅާ: އިޙްސާން
އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިއަދު ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބްގްރޫޕް” ގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގ...