އަޤްޞާ މިސްކިތަށް ވަދެ އިސްރާއީލުގެ އިސް އޮފިޝަލުންތަކެއް ހިންގި ހަމަނުޖެހުން ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާ މިސްކިތަށް އިސްރާއީލުގެ ބައެއް ވަޒީރުންނާއި، ސެނެޓް މެންބަރުންތަކެއް ހިމެނޭހެން ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާޢީލުގެ މި އަމަލަކީ، މުސްލިމް އުއްމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލައި، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއް ކަމަށެވެ. އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ތަކުރާރުކޮށް ވަންނަމުން ދިއުމ...