''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނާއިރު ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށްފައި: ސައީދު
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”ފުދިއްޖޭ،ފުނޑިއްޖޭ” ބުނެ ވާހަކަދައްކާއިރު، ފަސް އަހަރުގެ ދައުރު ނިންމައި ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށް ލޯނުނަގާފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރޭ ބައެއް ޓީވީ ޗެނަލް ތަކުން ލައިވްކުރި “ހަފްތާ52″ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެ ސަރުކާރުގައި އިސްކަންދަރު ސްކޫލް، މަޖީދިއްޔާ ސްކޫލްފަދަ ސްކޫލްތައް ހުރި...