ވައްކަމުގެ ކުށުގައި ގޭބަންދުކޮށްފައި ހުރި މީހަކު ފިހާރައެއް ފަޅާލައި ވައްކަންކޮށްފި
ވައްކަމުގެ ކުށް ސާބިތުވެ ގޭބަންދުކޮށްފައި ހުރި މީހަކު ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށްނެގި މައްސަލާގައި ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ މާފަންނުގައި ހުންނަ ”ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ހޯދާފައިވާ ކަމަށެވެ. ”ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ 26 ޑިސެމްބަރު 2024 ވަނަ ދުވަހުގެ...