ފިއްޓޭ ޕީއެންސީއަށް ވެއްދީ އެމްޑީޕީން، ވާގިވެރިވީ ޕީއެންއެފުން: ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްދީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރޭވުމަކުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ފިއްޓޭ ޕީއެންސީއަށް ވެއްދި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މެމްބަރު ޝުޖާއު ވިދާޅުވި ގޮތުގައި މިކަން ކޮށްފައިވަނީ...