މަސްވެރިކަން ފުޅާކުރަން 11،400 ޓަނުގެ ސްޓޯރޭޖާއި އައިސްޕްލާންޓްތައް، ދަނޑުވެރިކަމުން ހަމައަގު ހޯދައިދޭން ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރަނީ
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ