މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,457 Stories
3,500 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މަޝްއަރު އުމްރާ ގްރޫޕުގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދޭން އެދިއްޖެ
Raajje

މަޝްއަރު އުމްރާ ގްރޫޕުގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދޭން އެދިއްޖެ

އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ. ފުލުހުން މިއަދު ބުނީ، އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ 27 މީހުންގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް […]

ސައިކަލެއްގައި ދިޔަ އަންހެނަކަށް ދެ ފިރިހެނުން ގޯނާކުރި މައްސަލައެއް
Raajje

ސައިކަލެއްގައި ދިޔަ އަންހެނަކަށް ދެ ފިރިހެނުން ގޯނާކުރި މައްސަލައެއް

ލ. ފޮނަދޫގައި ސައިކަލެއްގައި ދުއްވަމުންދިޔަ އަންހެނަކަށް ދެ ފިރިހެނުން ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 18:34 ހާއިރުއެވެ. މިގޮތުން ލ. ގަމުން ލ. ފޮނަދޫއަށް ސައިކަލުގައި ދަތުރުކުރަމުންދިޔަ ދިވެހި އަންހެނަކަށް، ސައިލެއްގައި ދިޔަ ދެ ދިވެހި ފިރިހެނުން ދިމާކޮށް، ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް، ހެލްމެޓް ނަގައި، ވަލުތެރެއަށް އެއްލާލާފައިވާކަމަށް ރިޕޯޓުކޮށްފައިވާ...

ކުޑަކުއްޖަކު ކުޑަދޮރުން ނުކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރު ނުކުރަން އެދިއްޖެ
Raajje

ކުޑަކުއްޖަކު ކުޑަދޮރުން ނުކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރު ނުކުރަން އެދިއްޖެ

އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަ ކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، މި ވީޑިއޯ ދައުރުކުރުން ހުއްޓާލައި ރިމޫވްކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފައިވަނީ މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. “މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުނ...

މާދަމާއިން ފެށިގެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަނީ
Raajje

މާދަމާއިން ފެށިގެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަނީ

މާދަމާއިން ފެށިގެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަސްތަކުގައި ވެސް ޕާސްޕޯޓު ދޫކުރަން ފަށާއިރު، ފުރަތަމަ މި ޚިދުމަތް ފޯރުކޮށްދޭނީ މާލެ ސަރަހައްދުގެ އިމިގްރޭޝަންގެ ތިން އޮފީހަކުންނެވެ. އެ ތިން އޮފީހަކީ ވެލާނާ ބިލްޑިންގ ހުންނަ އިމިގްރޭޝަންގެ މައި އޮފީހާއި، ހުޅުމާލެ ފޭސް 1 ގައި ހުންނަ ސަރުކާރުގެ އޮފީސް ބިލްޑިންގ އުމަރު ޒާހިރު ބިލްޑިންގ ގައި ހުންނަ އިމިގްރޭޝަން […]

ހިރިޔާ ޕީޓީއޭ ފުޓްސަލް މުބާރާތު މެޗެއް ކުޅުނު ބެލެނިވެރިއަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
Raajje

ހިރިޔާ ޕީޓީއޭ ފުޓްސަލް މުބާރާތު މެޗެއް ކުޅުނު ބެލެނިވެރިއަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޕީޓީއޭ ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ މެޗެއް ކުޅުނު ބެލެނިވެރިޔަކު ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެ ސްކޫލްގެ ގްރޭޑް 10ގެ ބެލެނިވެރިއެއްކަމަށްވާ އަހްމަދު ޝަރީފް، ދަފުތަރު ނަންބަރު ރސ 12602/މާލެ އެވެ. އުމުރުން 56 އަހަރުގެ އަހްމަދު ޝަރީފް ނިޔާވެފައި ވަނީ މިއަދު ފެށި ހިރިޔާ ބެލެނިވެރިންގެ ފުޓްސަލް މުބާރާތުގައި މިރޭ ގްރޭޑް 2 އާއި ގްރޭޑް 10 ބައްދަލުކުރި […]

މަކުނުދޫ ބައި-އިލެކްޝަނަށް ކުރިމަތިލި މީހެއްގެ ކެންޑިޑެންސީ ބަލައިގަތުމަށް އަމުރުކޮށްފި
Thiladhunmathi News

މަކުނުދޫ ބައި-އިލެކްޝަނަށް ކުރިމަތިލި މީހެއްގެ ކެންޑިޑެންސީ ބަލައިގަތުމަށް އަމުރުކޮށްފި

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުގެ މަގާމަށް ކުރިމަތިލާފައިވާ އިބްރާހީމް މުޙައްމަދު، ކަރާދުނބުރިއާގެ /މާލެ، ކެންޑިޑެންސީ ބަލައިގަތުމަށް، ދިވެހިރާއްޖެގެ ހައިކޯޓުން، އިލެކްޝަން ކޮމިޝަން (އީސީ)ގެ މައްޗަށް މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައަކީ އިބްރާހީމް މުޙައްމަދު މި އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި، އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީސީ އަށް ހުށަހަޅާފައި ނުވާކަމަށްބުނެ، އެ ކޮމިޝަނުން އިބްރާހީމް މުޙ...

ރައީސް ރ.އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ރައީސް ރ.އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި ރަސްމީ އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. އަންގާރަ ދުވަހު ހެނދުނު ފެއްޓެވި ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 11 ރަށަކީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރެވެ. ރައީސް ފުރަތަމަ ވަޑައިގަތީ ވާދޫ އަށެވެ. އެންމެ ފަހު މަންޒިލެއް ގޮތުގައި މިއަދު ވަޑައިގަތީ މާކުރަތަށެވެ. މި ދަތުރުފުޅުގައި މި 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު...

ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާކްސް ޚިދުމަތް ދޭނެ ޔުނިޓެއް
Raajje

ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާކްސް ޚިދުމަތް ދޭނެ ޔުނިޓެއް

މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ އެއް ޔުނިޓް ގާއިމުކުރައްވާނެ ކަމަށެވެ. މ...

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ
Thiladhunmathi News

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ

ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އަދި ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތާއި އަދި ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައެވެ. ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް [...

ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފޭރުނު ތިން މީހަކު ހައްޔަރުކޮށްފި
Raajje

ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފޭރުނު ތިން މީހަކު ހައްޔަރުކޮށްފި

ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފޭރުނު ކަމުގެ ތުހުމަތުގައި ތިން ދިވެހިން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މިކަން ހިނގާފައިވަނީ 22 ޖަނަވަރީ 2025 ވަނަ ދުވަހުގެ ރޭ 22:14 ހާއިރުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މާލޭގެ ރަސްފަންނު ސަރަޙައްދުގައި ފުޓް ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓަކަށް ބަޔަކު ދުވެފައި ދިޔަތަން ފެނުމުން، އެމީހުންގެ ފަހަތުން ދިޔަ މީހާއާ ބައްދަލުކޮށް ސުވާލުކުރުމާއެކު މި މައްސަލަ ބަލަން ފެށީއެވެ. މި މައްސަލާގައި ފޭރުނު ކަމަށް ތުހުމަ...

ފައިނު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަނީ
Raajje

ފައިނު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަނީ

ރ. ފައިނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފައިނަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައި ރައީސް ވިދާޅުވީ، ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ފެބްރުއަރީ މަހު އެމްޓީސީސީއާ އެކު އެއްބަސްވު...

ކިނޮޅަހަށް ކުޑަކުދިންގެ ޕާކަކާއި ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް
Raajje

ކިނޮޅަހަށް ކުޑަކުދިންގެ ޕާކަކާއި ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް

ރ. ކިނޮޅަހުގައި ކުޑަކުދިންގެ ޕާކަކާއި ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކިނޮޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސް މިއަދު އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ކުޑަކުދިންތަކެއް ވަނީ އެމަނިކުފާނުގެ އަތްޕުޅަށް ނޯޓު އަ...

އެފްބީއައި ބައިވެރިކޮށް ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް
Raajje

އެފްބީއައި ބައިވެރިކޮށް ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ފުލުހުން ހޯދަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އާއި ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދުމުން އަންނަކަމަށެވެ. އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް […]

ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި
Raajje

ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި

ސަރުކާރުން ރ. އިންނަމާދޫގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓު މިއަދު ހެނދުނު ހުޅުވައިފިއެވެ. ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ އިންނަމާދޫ އަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި އެރަށު ރައްޔިތުންނާއި ވަނީ ރޭ ބައްދަލުކުރަށްވާފައެވެ. އެއަށްފަހު ރައީސް ވަނީ މިއަދު ހެނދުނު އެރަށު ވޮލީ ކޯޓު ހުޅުއްވައިދެއްވާފައެވެ. އަދި ރައީސް ވަނީ އެތަން ބައްލަވާލައްވާފައެ...

އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ތަރައްޤީކުރަނީ
Raajje

އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ތަރައްޤީކުރަނީ

ރ. އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި ތަމްރީނުދޭ ޚާއްޞަ މަރުކަޒެއް ތަރައްޤީކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓު ބިލްޑިންގް ދާއިރާއިން...