މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,456 Stories
3,352 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ބޯޓެއް ބަލައި ފާސްކޮށް ޑްރަގާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި
Raajje

ބޯޓެއް ބަލައި ފާސްކޮށް ޑްރަގާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށްފިއެވެ. މި ބިދޭސީން ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 21 މާރިޗު 2025 ވަނަ ދުވަހުގެ ދަންވަރު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަންގައި މާލެ ސަރަހައްދުން ބޯޓެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ބޯޓުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާކަ...

ދެމެހެއްޓެނިވި މުސްތަޤްބަލަކަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި
Raajje

ދެމެހެއްޓެނިވި މުސްތަޤްބަލަކަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ދެމެހެއްޓެނިވި މުސްތަޤްބަލަކަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ މިއަދު ފާހަގަކުރެވުނު ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި މިއަހިއަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިޢާރު ކަމުގައިވާ “ގްލޭސިއާ ޕްރިވެންޝަން” އަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި، އަދި އިންސާނުންގެ ނާޒުކުކަމާ ދެމެދު އޮތް ގުޅުން ހަނދާ...

އިމިގްރޭޝަންގެ ކުރީގެ ވެރިޔާ ޝަމްއާން ހައްޔަރުކޮށްފި
Raajje

އިމިގްރޭޝަންގެ ކުރީގެ ވެރިޔާ ޝަމްއާން ހައްޔަރުކޮށްފި

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިރޭ ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފެށިގެން ރޭ ފުލުހުން ހާމަކޮށްފައިވާއިރު، ޝައްމާނު ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައެވެ. ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެ...

ޝައްމާނުގެ އަމުރަށް ދޫކޮށްލި ބިދޭސީ މީހާ ގެންދިޔަ ފައިސާތައް ޝައްމާނުގެ ގެއަށް
Raajje

ޝައްމާނުގެ އަމުރަށް ދޫކޮށްލި ބިދޭސީ މީހާ ގެންދިޔަ ފައިސާތައް ޝައްމާނުގެ ގެއަށް

ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން މީހަކު އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އަމުރަށް ފައިސާތަކަކާއެކު ދޫކޮށްލުމުން، އެފައިސާ ހިފައިގެން ޝަމްޢާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހްގީގަށް އިނގިފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން  މިރޭ ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒް މ...

އުތުރުގެ އެއާޕޯޓްތައް ހިމެނޭހެން އިގްތިސޯދީ ސިޔާސަތުގެ ދަށުން ހިންގާނެ މަޝްރޫޢުތައް ކަނޑައަޅުއްވައިފި
Raajje

އުތުރުގެ އެއާޕޯޓްތައް ހިމެނޭހެން އިގްތިސޯދީ ސިޔާސަތުގެ ދަށުން ހިންގާނެ މަޝްރޫޢުތައް ކަނޑައަޅުއްވައިފި

އުތުރުގެ އެއާޕޯޓްތައް ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުތަކާއި، ހިންގަން ނިންމަވާފައިވާ މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިިފިއެވެ. މިގޮތުން ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު، ރައީސް މުޢިއްޒު މިއަދު ވަނީ އިޞްލާޙުކުރައްވައި، ގެޒެޓްގައިި ޝާޢިއު ކުރަށް...

ރައީސް މުޢިއްޒު ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ބައްލަވާލައްވައިފި
Raajje

ރައީސް މުޢިއްޒު ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ބައްލަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް އިއްޔެ ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އޭޝިއަން ޑިވެ...

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ފަސީހް
Raajje

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ފަސީހް

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީ ޕޮލިސް ކޮމިޝަނަރ  އަޙްމަދު ފަޞީޙް މިރޭ ޢައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ފަސީހް މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ. ފަސީހަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. ފަސީހަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ޕޮލިސް ކޮމިޝަނަރ އަކަށް ޢައްޔަ...

އިމިގްރޭޝަންގެ ވެރިޔާ ޝަމްއާން މަގާމުން ވަކިކޮށްފި
Raajje

އިމިގްރޭޝަންގެ ވެރިޔާ ޝަމްއާން މަގާމުން ވަކިކޮށްފި

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފި އެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވިނަމަވެސް މައުލޫމާތު ލިބޭގޮތުގައި ޝައްމާނު ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. ސަރުކާރުން ރަސްމީބަހެއް ނުބުނިމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުން އޭނާގެ ނަން ވަނީ އުނިކޮށްފައެވެ. ރައީސް ޑރ. މިހައްމަދު މުޢިއްޒު، އިމިގްރޭޝަންގެ ވެރިޔަކަށް ޝައްމާން ޢައްޔަނުކުރެއްވީ 19 ނޮވެމްބަރ 2023 ގައެވެ. އިމިގްރޭޝަން އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލައެއްގެ...

އިމިގްރޭޝަން އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ފަށަައިފި
Raajje

އިމިގްރޭޝަން އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ފަށަައިފި

މޯލްޑިވްސް މިގްރޭޝަން އޮފިސަރުންތަކެއް ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ފަށަައިފިއެވެ. ފުލުހުން މިރޭ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. މި މައްސަލާގައި 20 މާރިޗް 2025 ވަނަ ދުވަހުގެ ރޭ ގެއެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި ބަލާފާސްކުރުމުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލ...

ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސެއް
Raajje

ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސެއް

ރަމަޟާން މަހުގެ ފަހު 10 ދުވަހު މަސައްކަތަށް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅިގެން، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން މިއަދު އިޞްލާޙު ގެނެސް ވަނީ ގެޒެޓްކޮށްފައެވެ. މި އިޞްލާޙުގެ ދަށުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭނެއެވެ....

ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން އީދު ދުވަހު ހެނދުނު 9:00 ން 11:00 އަށް
Raajje

ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން އީދު ދުވަހު ހެނދުނު 9:00 ން 11:00 އަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަހަރުގެ ފިޠުރު ޢީދު ދުވަހު އީދު ސަލާން ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، މި އަހަރުގެ އީދު ސަލާން ކުރެއްވުން އޮންނާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. ރައީސް ދެކަނބަލުން ވަނީ އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުނ...

އެސްއީޒެޑްގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް
Raajje

އެސްއީޒެޑްގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފިއެވެ. އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި މި ހުއްދަ ދީފައިވަނީ ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އިޤްތިޞާދީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަޝްރޫއު ކުރިއަށް ގެންދާނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ކަމަށެވެ. “ޕްރޮޖެކްޓް އައިލާ” ގެ ނަމުގައި ކުރިއަށްގެންދާ...

ރައީސް، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރުދެއްވައިފި
Sports

ރައީސް، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރުދެއްވައިފި

އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ރާއްޖޭގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ހިތްވަރު ދެއްވައިފިއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ހަފުތާގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އިންޑިއާގެ ޝިލޯންގެ ޖަވާހިރުލާލު ނެހެރޫ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:30 ގަ އެވެ. މި މެޗުން ކާމިޔާބީ އަށް އެދިވަޑައިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަޢޫދީ […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަހީދު ޢައްޔަންކުރައްވައިފި
Raajje

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަހީދު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ/ބާޒީގެ، ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އެއަށްފަހު މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުޢިއްޒު ވަނީ ޝަހީދާ ހަވާލުކުރައްވާފައެވެ. ‎ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަ...

3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ހަމަޖައްސައިފި
Raajje

3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ހަމަޖައްސައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް، 3 ނޮވެމްބަރު 1988 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމުގައި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތް މިއަދުން ފެށިގެން ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކ...