''ތެލަސީމިއާ ސެންޓަރަށް ވަސީލަތް ހަމަޖައްސުމާއި، ބެލެނިވެރިން އެދުނުކަންކަން މިދަނީ ގާތުން ބަލަމުން''
ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމާއި، ބެލެނިވެރިން އެދުނު ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތ...