މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
ރ. މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ރޭ 11:28 ހާއިރު ރ. މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށުގެ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށް ފު...