މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,313 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
Raajje

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ކަނޑުތައް ހަދަވާނެކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގަ...

ހައްޖުވެރިންގެ ޑެބިޓް ކާޑަށް އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި
Raajje

ހައްޖުވެރިންގެ ޑެބިޓް ކާޑަށް އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި

މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދެއްވުމުގެ ގޮތުން، ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް އިތުރު 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގ...

''ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް''
Raajje

''ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް''

ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ  ނަރުހުންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށެވެ. ‘ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވު...

ނަޑައްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަނީ
Raajje

ނަޑައްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަނީ

ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދާ ފަރާތަކީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންތުގައި، 2025 މެއި 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އާދަމް އިބްރާހިމް ރަށަށް ފައިބައި، އޭގެފަހުން އެނބުރި ދޯންޏަށް އައިސްފައި ނުވާކަމަށް […]

ޖަޕާނު ސަފީރު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި
Thiladhunmathi News

ޖަޕާނު ސަފީރު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައިފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި ސަފީރު މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވަނީ ސިޓީ ކައުންސިލާއި ބައްދަލުކުރަށްވާފައެވެ. މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ސަފީރު ވަނީ ޖަޕާނުގެ ރައްޔިތުންނާއި ރާއްޖޭގެ މުޖުތަމަޢުއާއި ދެމ...

'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމާލައިފި
Raajje

'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމާލައިފި

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭއްވި “ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް” ރޭ ނިންމާލައިފިއެވެ. މި ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. “ދިވެހިރާއްޖެ 2.0” އަކީ، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރައީސް މުޢިއްޒ...

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން މަޖިލީހުގެ ކޮމެޓީން  ފާސްކޮށްފި
Parliament

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާ...

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ
Raajje

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުންކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިފަދައން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ފަސްޓްލޭޑީ ވިދާޅުވެފައި ވަނީ، ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފި...

ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތު
Raajje

ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތު

ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތުކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވާ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މަހުގެ 5 ވަނަ ދުވަހު ހިނގިކަމަށް ތުހުމަތުކުރާ މި ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ. އެހެންވެ، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏ...

ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވައިލައްވައިފި
Raajje

ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވައިލައްވައިފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައްލަވައިލައްވައިފިއެވެ. ތަޢުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ހަރަކާތްތައް ބޭއްވި ސަރަޙައްދަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން،...

އިންޑިއާގެ ސިޔާސީ ވެރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަރުހަބާ ކިޔައިފި
Raajje

އިންޑިއާގެ ސިޔާސީ ވެރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަރުހަބާ ކިޔައިފި

އިންޑިއާގެ ވަޒީރުންނާއި ޕާލިމެންޓް މެންބަރުން ޕާކިސްތާނާއެކު ގާއިމުކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކޮށްފައިވެއެވެ. މިގޮތުން ކޮންގްރެސްގެ ޕާލިމެންޓް މެންބަރު ޝަޝީ ތަރޫރު ވިދާޅުވެފައިވަނީ، ސުލްޙަވެރިކަމަކީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަމަށެވެ. “އިންޑިއާ އަކަށް ދިގު މުއްދަތެއްގެ ހަނގުރާމައެއް ބޭނުމެއް ނުވޭ، އިންޑިއާ ބޭނުންވީ ފިލާވަޅެއް ދިނުމަށް، އަދި އެ ފިލާވަޅު ދެވިއްޖެ،” އޭނާ ނޫސްވެރިންނަށް ވިދާޅުވިއެވެ. ދިއްލީން، ރާޖްޔާ ސަބާގެ މެންބަރު ކަޕިލް ސިބަލް ވެސް ވަނީ ދެފަރާތަށްވެސ...

''އަނިޔާ ލިބޭކުދިން ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ''
Raajje

''އަނިޔާ ލިބޭކުދިން ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ''

އެކިކަހަލަ ގޯނާ އާއި އަނިޔާ ލިބެމުންދާ ކުދިންނަށް އެ މާޙައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތަށް ނިމުމެއް ގެންނަންޖެހިފައިވާކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން،...

ޕާކިސްތާނުން ހުރިހާ ވައިގެ ދަތުރުތަކަށް އެ ޤައުމުގެ އެއަރ ސްޕޭސް ހުޅުވާލައިފި
International

ޕާކިސްތާނުން ހުރިހާ ވައިގެ ދަތުރުތަކަށް އެ ޤައުމުގެ އެއަރ ސްޕޭސް ހުޅުވާލައިފި

ޕާކިސްތާނުން ހުރިހާ ވައިގެ ދަތުރުތަކަށް އެ ޤައުމުގެ އެއަރ ސްޕޭސް ހުޅުވާލައިފިއެވެ. ޕާކިސްތާނުގެ އެއަރޕޯޓްތަކުގެ އޮތޯރިޓީން ބުނެފައިވަނީ އެ ޤައުމުގެ އެއަރ ސްޕޭސް ހުރިހާ ވައިގެ ދަތުރުތަކަށް ފުރިހަމައަށް އަލުން ހުޅުވާލެވިފައިވާ ކަމަށެވެ. މި ބަޔާން ނެރެފައިވަނީ ޕާކިސްތާނާއި އިންޑިއާ ގިނަ ދުވަސްތަކެއްގެ ހަނގުރާމައަކަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ޕާކިސްތާނާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ވަނީ، އެތައް ދުވަހެއް...

ޕާކިސްތާނާއި އިންޑިއާއިން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
International

ޕާކިސްތާނާއި އިންޑިއާއިން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ: ޓްރަމްޕް

އިންޑިއާ އާއި ޕާކިސްތާން މިހާރު ފަށާފައިވާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ދެ ޤައުމު އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެންމެ ޢިއުލާންކުރަށްވައިފިއެވެ. އެމެރިކާގެ ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާ، މި ދެ ޤައުމުން “ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް” އެއްބަސްވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވެފައިވާގޮތުގައި އެމެރިކާ މެދުވެރިވެގެން ކުރެވުނު ދިގު މަޝްވަރާތަކަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނުން ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހ...

ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި
Raajje

ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި

1446 ވަނަ އަހަރު ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ޢިއުލާން ކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ މި ނިންމުމާ ގުޅިގެން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތައް ހާމަކުރަށްވާފައެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދިވެހި ހައްޖާޖީންނަށް ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވުމާއި، ލަގެޖް ސީދާ ހޮޓަލަށް ލިބުމު...