އިއްޔެ ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް
ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކަމަށް ބުނެ އިއްޔެ މުޒާހަރާކޮށް، ފުލުހުންނަށް ހަމަލާ ދިން ހަމަނުޖެހުމުގެ ތެރެއިން ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ބިދޭސީން އިއްޔެ ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ވަނީ 41...