ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ
ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަނ...