ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް: ނައިބު ރައީސް
ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި މިއަހަރުގެ ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހާއި ގުޅުވައިގެން އެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ވެބިނަރގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ ވީޑިއޯ މެސެޖުގައި ނައިބު ރައީސް ފައިޞަލް ވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ހިލޭސާބަހަށ...