ސައުދީން މިއަހަރުވެސް ކަދުރު ހަދިޔާ ކޮށްފި
ކުރީއަހަރުތަކުގައިވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރަމުންއަންނަ ބީދައިން، މިއަހަރު ވެސް ސަޢުދީ އަރަބިއްޔާ ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާންމަހަށް، ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކުރައްވައިފި ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް މިއަހަރު ސައޫދީ ސަރުކާރުން ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ. 28 މާރިޗު 2021 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސ...