ރައީސް ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލު ކުރަށްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރަށްވާނީ މިއަދު ހަވީރު 16:00 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން ވަރަށް ފަހުންވެސް ދެފަހ...