މައި ޚަބަރަށް ދިޔުމަށް

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,146 Stories
3,108 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

މެންޓަލް ހެލްތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން 30 ސްކޮލަޝިޕް ހުޅުވާލަނީ
Thiladhunmathi News

މެންޓަލް ހެލްތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން 30 ސްކޮލަޝިޕް ހުޅުވާލަނީ

ނަފްސާނީ މައްސަލަތަކަށް އެހީވުމަށް މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުމަށް އެ ދާއިރާއިން ސްކޮލަޝިޕް އަށް 30 ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަ ޕްލޭން އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ޕްލޭންގެ އަމާޒަކީ، ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށެވެ. އެކަމުގެ ސަބަބުން ރަށްރަށުގެ ވަރަށ...

ފަސް މިލިއަން ޑޮލަރު ނުދައްކައިގެން، ރައީސް ޔާމީން ގޮވައިގެން ކޯޓަށް
Raajje

ފަސް މިލިއަން ޑޮލަރު ނުދައްކައިގެން، ރައީސް ޔާމީން ގޮވައިގެން ކޯޓަށް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައިވާ ޖޫރިމަނާގެ ފައިސާ ނުދައްކަވާޓީ އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.  ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ ތެރެއިން މަނީ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް […]

އޯޓިޒަމް ހުންނަ ފަރާތްތަކަށް ހާއްސަ ކޯހެއް
Raajje

އޯޓިޒަމް ހުންނަ ފަރާތްތަކަށް ހާއްސަ ކޯހެއް

ޔޫއެންޑީޕީގެ ޔޫއެންޑީޕީ ގެ އެސްޖީޕީ ޖެފްގެ ދަށުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (މާ) އަށް ލިބިފައިވާ ޕްރޮޖެކްޓެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އޯޓިޒަމް އެސޯސިއޭޝަން އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން “އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް އޮފް ސޯލާރ” ގެ ނަމުގައި މަސް ދުވަހުގެ ކޯހެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. މިކޯހުގައި ތިއަރީ އަދި ޢަމަލީ ތަޖުރިބާގ...

އެވިޑުގެ އާޓްސް އެންޑް ލިޓަރޭޗަރ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް
Raajje

އެވިޑުގެ އާޓްސް އެންޑް ލިޓަރޭޗަރ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް

އެވިޑް ކޮލެޖުން އާޓްސް އެންޑް ލިޓަރޭޗަރގެ ނަމުގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް އަލީ ހަމަޖައްސައިފިއެވެ. މިއަދު ހެނދުނު، އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައި އަޝްރަފް ޢަލީއަށް ޑީންގެ މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ. އެކަމާ ގުޅިގެން އަޝްރަފް ވިދާޅުވީ އޭނާ މިހާތަނަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ބަލައިގަނެ، އެފަދަ މަގާމެއް ދެއްވިކަމަށްޓަކާ އުފާކުރައްވާ ކަމ...

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ޖަލަށް ލައިފި
Raajje

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ޖަލަށް ލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ މަރާލާނެ ކަމަށް އިންޒާރުދިން މީހާ ޖަލަށް ލާން ހުކުމްކޮށްފިއެވެ. އެމީހާ ހައްޔަރުކުރީ އިއްޔެ ރ. މީދޫއިންނެވެ. ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މައްސަލާގައި 15 ދުވަހަށް ބަންދުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. “އިސްމާއިލް ޔާސިފް” ނަމަކަށް ކިޔާ އެކައުންޓަކުން ރައީސް […]

ނުރައްކާތެރި ބާވަތެއްގެ ބޯވައެއް ފެންނާތީ ސަމާލުވާން އިލްތިމާސެއް
Raajje

ނުރައްކާތެރި ބާވަތެއްގެ ބޯވައެއް ފެންނާތީ ސަމާލުވާން އިލްތިމާސެއް

ނުރައްކާތެރި ބާވަތެއްގެ ބޯވައެއް ފެންނާތީ ސަމާލުވާން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ. އެ އިންސްޓިޓިއުޓުން ބުނީ އެއީ އާންމުކޮށް ޜާއްޖެއިން ފެންނަ ބާވަތުގެ ބޯވައެއް ނޫން ކަމަށާއި، އެކަމަކު މި ފަހަކުން ބްލޫ ރިންގްޑް އޮކްޓޮޕަސް ފެންނަކަން ފާހަގަވެފައިވާ ކަމަށެވެ. އެއީ އާންމުކޮށް ރާއްޖެއިން ފެންނަ ބޯވައަށް ވުރެ ސައިޒުން ކުޑަ ބޯވައެއް ކަމަށާއި، އަދި އެއަށް ނުރައްކާ އިހުސާސްވުމުން ހަންގަނޑަށް ނޫ ބޮޅުތަކެއް އަރުވާ ކަމަށް ބުނެފައިވެއެވެ. މި ބާވަތުގެ ބޯވައަކީ ނުރައްކާތެރި ވި...

ހަރުކަށި ފިކުރުގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ހަރުކަށި ފިކުރުގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރަ އޮފް ޕޮލިސް އަލްފާޟިލް މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި ބައްދަލުވުމުގައި ޤާނޫނީ ބާރު ލިބިގެން މިފަދަ މައްސ...

50 އިންސައްތަ ކުދިން ވެކްސިން ޖަހައިފި
Raajje

50 އިންސައްތަ ކުދިން ވެކްސިން ޖަހައިފި

ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާ ކުޑަކުދިންގެ އާބާދޫގެ ތެރެއިން 50 އިންސައްތަ ކުދިން ވެކްސިން ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ރާއްޖޭގައި ކުޑަކުދިންގެ ތެރެއިން ވެކްސިން ޖަހަނީ އުމުރުން 12 އަހަރާއި، 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެ ކުދިންނަށް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވައެވެ. އެ ކުދިންނަށް ޖަހަނީ ފައިޒަރ ވެކްސިންއެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ އުމުރުގެ 20،000ށް ވުރެ ގިނަ ކުދިންނަށް […]

ޗައިނާއިން ރާއްޖެއަށް އައު ސަފީރެއް އައްޔަންކޮށްފި
Raajje

ޗައިނާއިން ރާއްޖެއަށް އައު ސަފީރެއް އައްޔަންކޮށްފި

ޗައިނާއިން ރާއްޖެ އަށް އައު ސަފީރަކު އައްޔަންކޮށްފިއެވެ. އެ ގައުމުން ރާއްޖެ އަށް މިފަހަރު އައްޔަންކުރީ އަންހެން ސަފީރެކެވެ. ސަފީރު ކަމަށް އައްޔަންކުރި ވޭން ލީޝިން ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އެކަމަނާ ރާއްޖެ ވަޑައިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެ ވަޑައިގަތުމުން އެޑިޝަނަލް ސެކެޓްރީ ޖާވިދު ފައިސްލް އާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޗީފް ޕްރޮޓޮކޯލް އަހުމަދު މުޖުތަބާގެ ފަރާތުން ލިބިވަޑައިގެންނެވި ހޫނު މަރުހަބާއާ މެދު ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. Hello, dea...

ޖަޕާނުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި
Raajje

ޖަޕާނުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި

ދުނިޔޭގެ ފަގީރު އަދި މެދު ފަންތީގެ ގައުމްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާނުން ރާއްޖެއަށް ލައްކަ އަކަށް ވުރެ ގިނަ ޑޯޒު ވެކްސިން ހަދިޔާ ކޮށްފިއެވެ. ޖަޕާނުން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިނެވެ. މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާނުގެ “ލާސްޓް ވަން މައިލް ސަޕޯޓް”ގެ ދަށުންނެވެ. ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަ...

މުލިޔާގެ ކުރިމަތީގައި ހުރެ ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި
Raajje

މުލިޔާގެ ކުރިމަތީގައި ހުރެ ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާޣެ ކުރިމަތީގައި ހުރެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ އާ އެކު އެވަގުތު އިތުރު މީހަކު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެމީހާ ވަނީ ޖެހިގެން އައި ދުވަހު ދޫކޮށްލާފައެވެ. ބަންދުގައި ބަހައްޓާފައި ވަނީ އަތުގައި ބޮން އޮތް ކަމަށް ބުނި މީހާއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ […]

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރަކަށް ވުމަށް މި މަހުގެ 24 ގެ މެންދުރު ދޭއްގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ މަޖިލީހުގެ 9 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުތަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން ދ...

ނޭކުރެންދޫގައި އަޅާ ކަރެކްޝަންސް ބިލްޑިންއާ ގުޅިގެން މިނިސްޓަރ އިމްރާނަށް ސުވާލު!
Raajje

ނޭކުރެންދޫގައި އަޅާ ކަރެކްޝަންސް ބިލްޑިންއާ ގުޅިގެން މިނިސްޓަރ އިމްރާނަށް ސުވާލު!

ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރާ ގުޅޭގޮތުން ދާއިރާގެ މެމްބަރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ސުވާލުކުރުމަށް ހުށަހަޅުއްވައިފިއެވެ. ހދ. ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނޭކުރެންދޫ ކަރެކްޝަން ސެންޓަރާ ގުޅިގެން މިނިސްޓަރ އިމްރާން އާ ތިން ދުވާލެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން އެ ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އާއި، އެތަނުގެ މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެމްބަރަށް ދިނުމަށް ވެސް އެދިފައިވެއެވެ. މީގެ އިތ...

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި
Raajje

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުން މާދަމާ އަށް ތާވަލްކޮށްފިއެވެ. މާދަމާ އަށް ތާވަލްކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެވެ. މި ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ. މި މައްސަލައާއި ގުޅޭ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. އެ […]

ފިއްލަދޫގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

ފިއްލަދޫގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފަށައިފި

ފިއްލަދޫ ސްޕޯޓްސް އެކެޑަމީގެ ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމް ފަށައިފިއެވެ. ހަ އަހަރާއި 13 އަހަރާ ދެމެދުގެ ޖުމްލަ 60 ކުދިންނާއި އެކު މިއަދު ފެށި މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަންއެވެ. އެކަޑަމީން ބުނިގޮތުގައި މި ޕްރޮގްރާމްގެ މިއަދުގެ ސެޝަންތައް ނަގައިދިނީ ދިއްދޫގެ ކޯޗު އަހުމަދު ޝަފީގެވެ. އަހުމަދު ޝަފީގަކީ ސީ ލައިސަންސް ކޯޗެކެވެ. ފިއްލަދޫ ޔޫތު ޑެވެލޮޕްމަންޓް އެކަޑަމީން ފެށި މި ޕްރޮގްރާމުގެ ޓްރެއިނިން ސެޝަންތައް ކުރިއަށްގެންދަނ...