އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލުހޯދައިދޭނަން: ހަންނާން
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދީފިނަމަ، އެ ދާއިރާގެ އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދިނުމަކީ އެންމެ އިސްކަންދޭނެ އެއްކަންތައް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ހަންނާން ނުކުމެހުންނެވީ ކޮމަންޑޫ ދާއިރާއަށް ތަސައްވުރެ އެކުލަވާލައި، އެކަން ޕްލޭން ވެސް ކުރަށްވައިގެންކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާގެ ތަސައްވުރ...