Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,581 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

އޮޑިދޯނިފަހަރު ބަނުމަކީ ދިވެހިންގެ ހާއްސަ ހުނަރެއް، މި ފޮޓޯއިން އެކަން ފެނޭތަ؟
Raajje

އޮޑިދޯނިފަހަރު ބަނުމަކީ ދިވެހިންގެ ހާއްސަ ހުނަރެއް، މި ފޮޓޯއިން އެކަން ފެނޭތަ؟

ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ ފެބްރުއަރީ އިންޓޭކްގައި ހިންގާ ކޯސްތައް އިޢުލާންކޮށްފައިވާއިރު، އެތަނުން އެއް ކޯހަކީ ”މާސްޓަރ އޮފް ދިވެހި ލޭންގްއޭޖު އެންޑް ކަލްޗަރ” ކޯހެވެ. ދިވެހި ބަހާއި ސަގާފަތް އުނގަންނައިދޭ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލައި ޤައުމީ ޔުނިވަސިޓީންކޮށްފައިވާ އިސްތިހާރުގައި ބޭނުންކޮށްފައި ވަނީ ދިވެހިވަންތަކަމާއި ބީރައްޓެހި، އެހެން ކަރައެއްގެ ކަނޑުއުޅަނދެއްގެ ކުރެހުންކަމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެ...

އަލީ އާރިފް އަސްލު މި ވިދާޅުވަނީ ކީކޭ؟
Report

އަލީ އާރިފް އަސްލު މި ވިދާޅުވަނީ ކީކޭ؟

ހޯމަ ދުވަހު އަލިވިލުނުއިރު މުޅި މީސްމީޑިއާ ބަންޑުންވެފައި އޮތީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ދެއްކެވި ވާހަކައަކާއިގުޅޭ އެކި ޒާތްޒާތުގެ ސްޓޭޓަސްތަކާއި، ފޮޓޯތަކާއި ޚަބަރުތަކާއި، ޚިޔާލުފާޅުކުރުންތަކެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި އަލީ އާރިފް ދެއްކެވި ވާހަކަ އަޑުއަހާލަން މަޖުބޫރުވީ އެހިސާބުންނެވެ. އަލީ އާރިފް ދެއްކެވި ވާހަކަތައް އަޑު އަހާލިއިރު، މުޅ...

ކުރިން މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން، މިފަހަރު އެހެންނެއް ނުވާނެ: ލަތީފް
Raajje

ކުރިން މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން، މިފަހަރު އެހެންނެއް ނުވާނެ: ލަތީފް

2013 ވަނަ އަހަރު އިންތިޚާބުވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމުގައި ”މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން ކަމަށާއި، މިފަހަރު އެކަން އެހެން ނުވާނެ ކަމަށް” ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާތައް މިރޭ ފަށާފައިވާއިރު، ރައީސް މުޢިއްޒާއި ވަރަށް ގާތް ގުޅުމެއް އޮންނަ ލަތީފް މިހެން ވިދާޅުވީ، މިޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. […]

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް
Business

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ. ބީއެމްއިލް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރުފްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ކްރެޑިޓް ކާޑަށް އެދޭފަރާތްތަކަށް ބީއެމްއެލްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، އެ ޕްރޮމޯޝަންގެ ދަށުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 25،000ރ. ލިބެއެވެ. އަންނަ ޖުލައި 28 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ އިސްލާމިކް […]

ފަރެސްމާތޮޑާގައި 100 އެނދުގެ ހޮޓަލެއް އަޅަން ހަވާލުކޮށްފި
Business

ފަރެސްމާތޮޑާގައި 100 އެނދުގެ ހޮޓަލެއް އަޅަން ހަވާލުކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ފަރާތުން ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ. އާރުއޭސީއެލް އިން ބުނީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިލްވާ ލޭންޑް ހޮޓެލްސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ޓޫރިޒަމް ޒޯން ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު މުބީނެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮ...

ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު އެއްބަސްވުމެއް
Business

ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު އެއްބަސްވުމެއް

މޯލްޑިވްގޭސްގެ މައި ޓާރމިނަލް، ތިލަފުށީގައި އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާއިއެކު އެކްސްޓަރނަލް ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. އެލައިޑް އިންސުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އެވެ. މޯލްޑިވް ގޭހުން ބުނެފައިވާގޮތުގައި މި މަޝްރޫޢުތައ...

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ބީއެމްއެލް އިން ތައާރަފްކޮށްފި
Business

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ބީއެމްއެލް އިން ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރުފްކޮށްފި އެވެ. އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ބީއެމްއެލް އިސްލާމިކް އައު ކްރެޑިޓް ކާޑު ތައާރަފްކޮށްފައިވަނީ ބުކިން ޑޮޓްކޮމް އަދި ކެއިން ބުއިމުގެ ޚިދުމަތްތައް ލިބޭ ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ފަރުމާކޮށްގެންނެވެ. ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް ވެސް މި ކްރެޑިޓް […]

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި
Raajje

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ 27 ގައި ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް 15 ޑިސެމްބަރު 2023 ގައި އެ ތާރީޚް ފަސްކޮށް ޖެނުއަރީ 20 ގައި ބާއްވަން ތާރީޚަށް […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން"
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން"

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ މީޑިއާ ޕާޓްނަރަކަށް “ތިލަދުން” ހަމަޖައްސައި، ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ މުބާރާތުގެ އިންޗާޖް މުހައްމަދު ޝައީދުއެވެ. ތިލަދުން މިޑީއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ  ސީނިއަރ ޖާނަލިސްޓް އިބްރާހީމް ޚަލީލްއެވެ. މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަ...

ސަފީރު ދިވެހި ޚާރިޖީ ވުޒާރާއަށް ވަޑައިގަތީ ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް: އިންޑިއާ ހައި ކޮމިޝަން
Raajje

ސަފީރު ދިވެހި ޚާރިޖީ ވުޒާރާއަށް ވަޑައިގަތީ ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް: އިންޑިއާ ހައި ކޮމިޝަން

ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުނޫ މަހާވަރު، ދިވެހި ޚާރިޖީ ވުޒާރާއަށް މިއަދު ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށްކަމަށް އެ ޤައުމުގެ ހައި ކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު ދިވެހި ޚާރިޖީ ވުޒާރާއަށް ވަޑައިގެންފައި ވަނީ، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނިކޮށެވެ. އެހެންވެ، އިންޑިއާ ސަފީރު ވެސް ދިވެހި ޚާރިޖާއަށް މިއަދު ހާޒިރުކުރީކަމަށ...

މާލީ ވަޒީރަށް ލަފާ އެރުވުމަށް ދެ މުޝީރުން ޢައްޔަނުކޮށްފި
Raajje

މާލީ ވަޒީރަށް ލަފާ އެރުވުމަށް ދެ މުޝީރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލީ ވަޒީރަށް ލަފާ މުޝީރުންގެ ގޮތުގައި، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފަހުން މާލީ ވަޒީރަކަށް ހުންނެވި އަހްމަދު މުނައްވަރާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަން ކުރައްވާފައިވާ އަހްމަދު ނަސީރެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ދެބޭފުޅުން އެ...

އައިސްކްރީމް ކޭކު
Column

އައިސްކްރީމް ކޭކު

މިއަދު ރޯދަ ވީއްލަން ޗޮކުލެޓު އައިސްކްރީމް ކޭކެއް ހަދަމާ ހިނގާށެވެ. ރޯދަވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ގަޑިއަށް ވެސް ވަރަށް ކަމުދާނެ އެވެ. ފިނިކޮށްފައި އަދިވަރަށް މީރުވާނެ އެވެ. ބޭނުންވާތަކެތި އާދައިގެ ކޭކުފުށްޕެކެޓަކުން ފިހެފައިވާ ޗޮކުލެޓު ކޭކެއް 1 ލ ފުލްކުރީމް މިލްކު l ލ އައިސްކްރީމް (ޗޮކުލެޓް ނުވަތަ ވެނީލާ) 100ގ ބަޓަރ 2 ސ ކޮކޯ 1 ދަޅު ގެރިކިރު 1 ސ ވެނީލާ އެސެންސް ތައްޔާރު ކުރާނެ ގޮތް ކްރީމް ތައްޔާރު ކުރަން ބަޓަރ […]

މުރަނގަ ފަތު މަސްހުނި
News

މުރަނގަ ފަތު މަސްހުނި

ބޭނުންވާ ތަކެތި ކައްކާފައިވާ 2 ގުޅަ ފަތް (ފަތް ކައްކާނީ ފަތްތައް ނޮޅާފަ ރަނގަޅަށް ދޮވެފަ ބޮޑު ތެއްޔަކައް ފެން އަޅާފަ އޭގެ ތެރެއަށް ފަތްތައް އަޅައިގެން. ރަނގަޅަށް ކެކެން 45މިނިޓް ވަރު ނަގާނެ. ކެކުނީމަ  ރީތިކޮށް ދޮވެލާފަ ފެން ފެލާލާފަ ބޮޑެތިކޮށް ގުޅަ ޖަހާލާނީ). 1 ފިޔާ (ތުނިކޮށް ކޮށާލާފަ) 1 ގިތެޔޮ މިރުސް (ތުނިކޮށް ކޮށާލާފަ) 1/2 ލުނބޯގެ ހުތް 1 ޖޯޑު ހުނި 2 ގުޅަ ފަތް ކުދިކޮށް ކޮށާފައި 1 ދަޅު […]

މިނީ ޗިކަން ޕޮކެޓް
News

މިނީ ޗިކަން ޕޮކެޓް

ޗިކަން ޕޮކެޓް ތައްޔާރު ކުރަން ބޭނުންވާ ތަކެތި 6 ފަރާޓާ ނުވަތަ ރޮށި 6 ކުކުޅު މަސްކޮޅު ތެލުލާފަ (ތެލުލާނީ މުގުރި އަސޭމިރުސް، ލޮނު، ގާލިކު ޖިންޖާ ޕޭސްޓް އެއްކޮށް މިކުސް ކޮއްލާފަ ކުކުޅު ކޮޅު ހިމަ ދިގުކޮށް ކޮށާފަ. ކޮންމެ އެތިކޮޅެއްގަ 5 އިންޗި ހުންނަ ވަރަށް. މިކުސް ކޮއްފަ ފާރޮށި ކުޑިލާފަ ތެލުލާނީ) 6 ކުދި ލެޓިއުސް ކޮޅު 3 ފޮތި ޗީޒް, (4 ބަޔަށް ބައި ކޮށްލާފަ) ތައްޔާރު ކުރާނެގޮތް ފަރާޓާ ފިހެލާފަ މަތީގައި […]

''ރޮނާލްޑޯ ރިިޓަޔަ ނުކުރާނެ، 2026ގެ ވޯލްޑް ކަޕުގައި ވެސް ކުޅޭނެ''
Sports

''ރޮނާލްޑޯ ރިިޓަޔަ ނުކުރާނެ، 2026ގެ ވޯލްޑް ކަޕުގައި ވެސް ކުޅޭނެ''

ގަތަރުގައި މިހާރު ކުރިޔަށް ދާ 22 ވަނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ، ޕޯޗުގަލް މުބާރާތުން ކެޓުމާއި ގުޅިގެން މީޑިއާ ތަކުގައި އެންމެ ބޮޑަށް ދެކެވެން ފެށި އެއް ވާހަކަ އަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަ ކުރަން އުޅޭ ކަމުގެ ވާހަކަތަކެވެ. ވޯލްޑް ކަޕުގެ ކުއާޓާ ފަައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މި […]