Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,565 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

މިވަގުތު ރާއްޖެ އަށް ނިޕާ ވައިރަސްގެ ނުރައްކާ ކުޑަ: އެޗްޕީއޭ
Raajje

މިވަގުތު ރާއްޖެ އަށް ނިޕާ ވައިރަސްގެ ނުރައްކާ ކުޑަ: އެޗްޕީއޭ

އިންޑިއާގެ ވެސްޓް ބެންގާލުން ނިޕާ ވައިރަސްގެ ކޭސްތަކެއް ފެނިފައިވީ ނަމަވެސް، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިހެން ބުނީ މި މަހުގެ ތެރޭގައި ވެސްޓް ބެންގޯލްއިން ނިޕާ ވައިރަސްގެ ތިން ކޭހެއް ފެނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.   އެޗްޕީއޭއިން ހާމަކުރި ގޮތުގައި، އިންޑިއާގެ ހާލަތު އެ އެޖެންސީން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ވެސްޓް ބެންގޯލަށް ދަތުރުކުރާ […]

ފަތިސް ނަމާދުން ދުވަސް ފަށައި ވަގުތަށް ނަމާދުކުރުމަށް ދަރިވަރުންނަށް ރައީސްގެ އިލްތިމާސް
Raajje

ފަތިސް ނަމާދުން ދުވަސް ފަށައި ވަގުތަށް ނަމާދުކުރުމަށް ދަރިވަރުންނަށް ރައީސްގެ އިލްތިމާސް

ފަތިސް ނަމާދުން ދުވަސް ފަށައި، ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރުންމަތީ ދެމިތިބުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަޢުލީމީ ޙަޔާތަކީ އަމިއްލަ ނަފްސަށާއި، މައިންބަފައިންނަށާއި، މުޖުތ...

ސާފް ފުޓްސަލް އާއި ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި
Raajje

ސާފް ފުޓްސަލް އާއި ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށާއި ސުޕަ ކަޕް ކާމިޔާބުކުރި ފުޓުބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެފައިވާ ގޮތުގައި މި ބޯނަސް ދިނުމަށް ނިންމާފައިވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށެވެ. ރާއްޖޭގެ ފުޓްސަލް ޓީމުން ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކޮށ...

ވެލިދުއަށް ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި
Raajje

ވެލިދުއަށް ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ.އަތޮޅު ވެލިދޫއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ޚިދުމަތާއެކު ވެލިދޫއާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި، ވެލިދޫއަށް ކުރާ މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހުއެ...

ހއ.އަތޮޅުގެ ދެވަނަ އިސްލާމީ މަރުކަޒު އިހަވަންދޫގައި އަޅަން ހަވާލުކޮށްފި
News

ހއ.އަތޮޅުގެ ދެވަނަ އިސްލާމީ މަރުކަޒު އިހަވަންދޫގައި އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ފެޑޯގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޢަލީ ވާސިއު އެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މިއީ...

އުމުރާއިން އަންނަ ފަރާތްތަކަށް ޚާއްޞަކޮށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް
Raajje

އުމުރާއިން އަންނަ ފަރާތްތަކަށް ޚާއްޞަކޮށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް

އުމުރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މި ފްލޫ ކްލިނިކަކީ މި ދުވަސްވަރު ފެތުރެމުންދާ ރޯގާތަކުން ރައްކާތެރިވުމަށާއި، އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ގާއިމުކުރި ކްލިނިކެކެވެ. އައިޖީއެމްއެޗުން ބުނީ، މި ކްލިނިކަށް ދައްކަން އަންނަ ފަރާތްތަކުން އެންމެ ފުރަތަމަ ދާންޖެހޭނީ އެ ހޮސްޕިޓަލުގެ އީ.އާރް ޓްރައިޖަށް ކަމަށެވެ. އެތަނުން ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ...

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން ހެދި ބީޗްހަޓްތަކާއި ޖޯލިތަކުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީން ހެދި ބީޗްހަޓްތަކާއި ޖޯލިތަކުގެ މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ)ގެ ފަރާތުން ހަދަމުން އައި ބީޗްހަޓުތަކާއި ޖޯލިތަކުގެ މަސައްކަތް ނިންމާލައި، ހަޓްތައް ހުޅުވަން ތައްޔާރުވެފައިވާކަމަށް އެ ކޮމެޓީން ބުނެފިއެވެ. ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން މިއަދު ބުނީ އެ ފަރާތުން ތަރައްޤީކުރެވިފައިވާ ހަޓްތަކާއި ޖޯލިތައް މިހާރު ނިމިފާވާކަމަށެވެ. އަދި ހަޓްތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މީގެ އިތުރުން ހަޓް ސަރަހައްދުގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކުގަ...

ތަކަންދޫ ޓީއީއާރު ސްޕޯޓްސް ފެސްޓް: ވޮލީ ޗެމްޕިއަންކަން ކަނބުލޮއަށް، ފުޓްސަލް ޗެމްޕިއަންކަން ވެލޯރަސް އަށް
Thiladhunmathi News

ތަކަންދޫ ޓީއީއާރު ސްޕޯޓްސް ފެސްޓް: ވޮލީ ޗެމްޕިއަންކަން ކަނބުލޮއަށް، ފުޓްސަލް ޗެމްޕިއަންކަން ވެލޯރަސް އަށް

ހއ.ތަކަންދޫ އެކުވެރިންގެ ރޫހު (ޓީއީއާރު)ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި “ޓީއީއާރު ސްޕޯޓްސް ފެސްޓް 2025” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދިޔަ އަންހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމު ކަނބުލޮ ހޯދިއިރު، ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެސްސީ ވެލޯރަސް އެވެ. އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި ވޮލީ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ މަންޖެ އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ވޮލީ ކުއީނ...

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު: ލަތީފް
Thiladhunmathi News

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު: ލަތީފް

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މި މަޝްރޫއާއެކު މުޅިން “އައު ދިއްދު”އެއް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ. މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާކަން މެމްބަރު ފާހަގަކުރެއްވިއެވެ. މީގެ […]

''ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުން''
Column

''ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުން''

އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ އެކި ކަންކަމަކީ އެމީހެއްގެ ވަށައިގެން ތިބި މީހުންގެ އަސްލު ސޫރަ ފެންނަ ކަންކަމެވެ. ޚާއްޞަކޮށް ބޮޑެތި އިމްތިޙާނުތަކާއި ނާޒުކު ދަނޑިވަޅުތަކަކީ ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން ވަކިކޮށްދޭ މިންގަނޑެކެވެ. މި މަތިވެރި ފިލާވަޅަކީ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތުން އަޅުގަނޑުމެންނަށް ލިބިދޭ އެންމެ މުހިންމު އެއް ޢިބުރަތެވެ. ރާއްޖޭގައި މިއަދު ”އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތަކުގެ މައްޗަށް” ގެނެސްދިން ހުކުރު ހުތުބާއިން އަޅުގަނޑުމެންނަށް އަގުހުރި އެތައް ފިލާވަޅެއް ލިބިދެއ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ހޮނިހިރު ދުވަހު ހުޅުވާލަނީ
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 ވާ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މިފަހަރުގެ އިންތިޚާބުގެ ޚާއްޞަ ކަމަކީ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމުގައި ގެނެސްފައިވާ ބަދަލެވެ. އެގޮތުން، ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަންޖެހެނީ އޮންލައިން ޕޯ...

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން 
Raajje

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން 

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ދަށުން ހިންގާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން ބައިވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އ...

ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
Raajje

ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 27 އޮކްޓޯބަރު 2025 ވަނަ ދުވަހު ފަތިހު ވީއައިއޭގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އެންމެންވެސް ތިބީ ބަންދުގައެވެ. މި މައްސަލައިގެ ތުހުމަ...

މާއުނގޫދޫ ބަނދަރުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހުޅުވާލައިފި
Raajje

މާއުނގޫދޫ ބަނދަރުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހުޅުވާލައިފި

ށ. މާއުނގޫދޫ ބަނދަރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުމަށް އެ ރަށު ކައުންސިލް އިދާރާއިން މިއަދު އިޢުލާނުކޮށްފިއެވެ. މާއުނގޫދޫ ކައުންސިލުން ބުނީ، ބަނދަރުގައި ހުރި ރައްޔިތުންގެ 11 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްތައް ވަރުވާއަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ އަހަރަކަށް 2,000.00 (ދެހާސް) ރުފިޔާ […]

ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށިން ނޮޅިވަރަމް މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށިން ނޮޅިވަރަމް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ނޮޅިވަރަމަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އެލްޕަސޯ، އަޙްމަދު ފަޒީން (35އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ޖަނަވަރީ 12 ވ...