ފިލިޕިންސުން ރާއްޖެ ގެނައި ދަރިވަރުން އިތުރަށް ބައިތިއްބަނީ
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފިލިޕީންސުން ރާއްޖެ ގެނައި 47 ދަރިވަރުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ފައްސިވެފައި ވާތީ، ދެން ތިބި ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. އެކަން ހާމަކުރެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މަބްރޫކް ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ […]