ޖަމާއަތުގައި ނަމާދު ނުކުރުން އަނެއްކާވެސް ދައްމާލައިފި
ކޮވިޑް-19 އާއި ގުޅިހެން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެސިޓީއާއި، ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުން އަނެއްކާވެސް ދައްމާލައިފިއެވެ. މިފަހަރު މާލެސިޓީގެ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުތަކާއި އަދި ސަރުކާރުން މިހާލަތުގައި އަރާފޭބުން މަނާކުރާ ކޮންމެ ރަށެއް ހިމެނޭހެން ޖަމާއަތުގައި ނަމާދު ނުކުރުން އިތުރުކުރީ މިހިނގާ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށެވެ. މިނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އާންމު ކުރި ސަރކިއުލާއެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތު...