Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,493 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ބާރަށު ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް
Thiladhunmathi News

ބާރަށު ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް

ހއ. ބާރަށު ރުއްތަކަށް ޖެހޭ ބަލިން ރުއްތައް ރައްކާތެރިކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފައިވާ ބޭސް އެރަށު ގޭބިސީތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ބާރަށުގެ ގަސްރުކަށް ދިމާވެފައިވާ ބަލީގެ މައްސަލަ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމގެ ްސަމާލު ކަމަށް ގެނެސް އެކަމަށް އަވަސް ހައްލެއް ހޯއްދުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ބާރަށު ކައުންސިލް ރައީސް ވަނީ ޖޫން 15 ގައި ވަޒީރު ޝިޔާމާއެކު […]

ބޮޑުތިލަދުންމަތީގެ ރަށްތަކަށް އަމާޒުކޮށް "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް ހުޅުވާލައިފި
Thiladhunmathi News

ބޮޑުތިލަދުންމަތީގެ ރަށްތަކަށް އަމާޒުކޮށް "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް ހުޅުވާލައިފި

ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ. މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ “މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް” (މެޕް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމު...

އީއާރުގެ ފްރެޝްއެއަރ ސިސްޓަމްގެ މަސައްކަތް ނިމެންދެން ފިނިހޫނުމިނަށް ބަދަލު އަތުވެދާނެ: ކޭއާރުއެޗު
Thiladhunmathi News

އީއާރުގެ ފްރެޝްއެއަރ ސިސްޓަމްގެ މަސައްކަތް ނިމެންދެން ފިނިހޫނުމިނަށް ބަދަލު އަތުވެދާނެ: ކޭއާރުއެޗު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އިމަޖެންސީ ރޫމް (އީ.އާރު) ގެ ފްރެޝްއެއަރ ސިސްޓަމް ރިލޮކޭޓް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެ ތަނުގެ ފިނިހޫނުމިނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ކޭއާރުއެޗުން މިއަދު ބުނެފައިވަނީ، އެ ހޮސްޕިޓަލްގެ އީ.އާރުގެ ފްރެޝްއެއަރ ސިސްޓަމްގެ ރިލޮކޭޝަން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށާއި، މަސައްކަތް އެއްކޮށް ނިމެންދެން އީ.އާރުގެ ފިނިހޫނުމިނުގެ ތަފ...

ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ގްރާންޓާއެކު: އެލްޖީއޭ
Thiladhunmathi News

ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ގްރާންޓާއެކު: އެލްޖީއޭ

ހދ. ހަނިމާދޫ ކައުންސިލަށް އަންނަ ޖުލައި މަހު ގްރާންޓު ދޫކުރާއިރު، އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާފައިވާ ގްރާންޓުވެސް ދޫކުރާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. މިގޮތަށް ނިންމާފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމާ ގުޅިގެން، ހިރިމަރަދޫގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުވެފައިވާތީއެވެ. ހަނިމާދޫ ކައުންސިލުން އާދީއްތަ ދުވަހު ވަނީ ހިރިމަރަދޫގެ މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ...

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
Raajje

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާތީ، އޭނާ ހޯދައި ހައްޔަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ. މި މައްސަލައާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިނ...

ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހިރިމަރަދޫ އަށް ޖޫން މަހު ކުރި ޚަރަދުތައް އާންމުކޮށްފި
Thiladhunmathi News

ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހިރިމަރަދޫ އަށް ޖޫން މަހު ކުރި ޚަރަދުތައް އާންމުކޮށްފި

ހދ. އަތޮޅު ކައުންސިލަށް ދީފައިވާ ބަޖެޓުން، ހަނިމާދޫއާ އިދާރީގޮތުން ހިންގުން އެއްކޮށްލާފައިވާ ހިރިމަރަދޫގެ ކަންކަމަށް ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ކުރި ޚަރަދުތަކުގެ ތަފްސީލު އެ ކައުންސިލުން އާންމުކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ހިރިމަރަދޫ އަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހަނިމާދޫ އަވަށު އޮފީހުގެ ނަމުގައި ހިރިމަރަދޫއަށް ކުރި ޚަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސަ...

ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކު މޮޅަދޫގެ ގޮނޑުދޮށް ސާފުކޮށްފި
Thiladhunmathi News

ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކު މޮޅަދޫގެ ގޮނޑުދޮށް ސާފުކޮށްފި

ހއ. މޮޅަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ކައުންސިލުން ބުނިގޮތުގައި މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމްޢިއްޔާތައް އަދި އާންމު ރައްޔިތުން ގުޅިގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. މޮޅަދޫ ކައުންސިލުން ވަނީ އެރަށު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށްޓަކައި، މުއައްސަސާތަކުގެ މުވައްޒަފުންނާއި ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ދިން ފުރިހަމަ އެހީތެރިކަމަށ...

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
Raajje

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު “އިމުގާ” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން ޕާސްޕޯޓާ ހަވާލުވުމަށްޓަކައި “ކަލެކްޝަން ޕޮއިންޓް” ގެ ގޮތުގައި އޭދަފުށީގެ އިތުރުން މިހާރު ދަރަވަންދޫ ވެސް ޚިޔާރުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ދަރަވަންދޫގައި މި ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިމ...

ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި އޮތް ފިޔާ ބަސްތާއެއްގެ ވެރިފަރާތް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި އޮތް ފިޔާ ބަސްތާއެއްގެ ވެރިފަރާތް ހޯދަނީ

ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި އޮތް ފިޔާ ބަސްތާއެއްގެ ވެރިފަރާތުން ތިން ދުވަހުގެ ތެރޭގައި އެއާއި ހަވާލުވުމަށް ކުޅުދުއްފުށީ ސިޓީ ޕޮލިހުން އެދިއްޖެއެވެ. ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ފޭސްބުކް ޕޭޖުގައި ފިޔާ ބަސްތާއެއްގެ ފޮޓޯ ހިއްސާކުރަމުން ބުނެފައިވާ ގޮތުގައި، މި ފިޔާ ބަސްތާއަކީ އެ ސިޓީ ޕޮލިހަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެއްކަމަށެވެ. މި ފިޔާ ބަސްތާގެ ވެރިފަރާތުން 3 ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ނަންބަރު 9791382 […]

އުތީމުގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ
Thiladhunmathi News

އުތީމުގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ހއ. އުތީމުގައި ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އުތީމު ކައުންސިލުން ބުނިގޮތުގައި އެކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއިއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުން އުތީމުގައި ޤާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވާކަމަށް އެ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ވީއެންމެ އަވަހަކަށް ވަގުތީ މިސްކިތުގ...

ހަނިމާދޫ ފުއްޓަރުގައި މަސްވެރިކަމަށް ހާއްސަ ޖެޓީއެއް އެޅުމަށް ސާރވޭކޮށް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ހަނިމާދޫ ފުއްޓަރުގައި މަސްވެރިކަމަށް ހާއްސަ ޖެޓީއެއް އެޅުމަށް ސާރވޭކޮށް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ހަނިމާދޫ ފުއްޓަރު ސަރަޙައްދުގައި މަސްވެރިކަމަށް ހާއްސަ ޓީ-ޖެޓީއެއް އެޅުމަށްޓަކައި ކުރަންޖެހޭ ސާރވޭތަކާއި ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ މި މަޝްރޫޢަކީ އެ ރަށުގެ މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު 14 ޖޫން 2026...

ރައީސް، ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަން ކުރަށްވައިފި
Raajje

ރައީސް، ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަން ކުރަށްވައިފި

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ. އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް...

ހަނގުރާމައިގެ ހިޔަނި އެޅުނު ރާއްޖޭގެ އިޤުތިޞާދު އަންނަ އަހަރު އަލުން އިއާދަވާން ފަށާނެ: އައިއެމްއެފް
Raajje

ހަނގުރާމައިގެ ހިޔަނި އެޅުނު ރާއްޖޭގެ އިޤުތިޞާދު އަންނަ އަހަރު އަލުން އިއާދަވާން ފަށާނެ: އައިއެމްއެފް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، 2027 ވަނަ އަހަރު އިޤުތިޞާދު އަލުން އިއާދަވާން ފަށާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފިއެވެ. އައި.އެމް.އެފް އިން މިހެން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖޭގެ ހާލަތު ބެލުމަށްފަހު ނެރުނު ވަގުތީ ރިޕޯޓުގައެވެ. މި ރިޕޯޓުގައިވާ ގޮތުން، ރާއްޖެއިން ބޭރުގެ ޤައުމުތަކާއެކު މިނިވަން ވިޔަފާރިއާއި މާލީ އެއްބަސްވުންތ...

އަޕަރ ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދީފި
Raajje

އަޕަރ ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދީފި

އަޕަރ ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމާއި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިދިޔަ އާދީއްތަ ދުވަު ހދ. ފިނޭގައި ބޭއްވި މި ރަސްމިއްޔާތުގައި، ފުލުހުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ރީޖ...

އުލިގަމަށް ވަޑައިގެން މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވައިފި
Thiladhunmathi News

އުލިގަމަށް ވަޑައިގެން މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ބައްޕަ އާއި  ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އިއްޔެ ބައްދަލުކުރަށްވައިފިއެވެ. މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވާފައިވަނީ ސީޕީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އުލިގަމަށް ވަޑައިގެންނެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެފަ...