ހިސާބަކީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ލާމެހިފައިވާ ޢިލްމެއް: މެޑަމް ސާޖިދާ
ހިސާބަކީ ހަމައެކަނި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަމާއި، އެއީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ލާމެހިފައިވާ ޢިލްމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ހިސާބު ޢިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ “މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް – އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން” ފޮތް އިފްތިތާޙް...