މޯލްޑިވިއަން ކޯލް ސެންޓަރުގެ ޚިދުމަތް އަލުން ފަށައިފި
ކޯވިޑް-19 ގެ ފުރަބަންދުގެ ހާލަތުގެ ސަބަބުން މެދު ކަނޑާލި ޤައުމީ އެއަރލައިން، މޯލްޑިވިއަން ކޯލް ސެންޓަރުގެ ހިދުމަތް އަލުން ފަށައިފިއެވެ. އެކުންފުނިން މިއަދު މިއަދު ކުރި ޓުވީޓެއްގައި ވަނީ އެކުންފުނީގެ ކޯލްސެންޓަރު މިހާރު ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ކޯވިޑް-19 ގެ ސަބަބުން މުޅިރާއްޖޭ ފުރަބަންދު ކުރުމުން މޯލްޑިވިއަން ކުރަމުންއައި ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ޝެޑިއުލް ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. ނަމަވެސް އެއަރލައިނުން އައީ ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީތަކެތި ފޯރ...