ޑރ. ފައިޞަލް: ކޮމަންޑޫގެ ފަޚުރުވެރި ދިވެހި ދަރިއެއް!
ރާއްޖޭގެ ފުރަތަމަ ދިވެހި އެންޑޯކްރޮނޮލިޖިސްޓެއްގެ ގޮތުގައި ޤައުމީ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިއްޔެ ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫއަށް އުފަން ޑރ. އިބްރާޙީމް ފައިޞަލަކީ ކޮމަންޑޫއާއި، ޤައުމުގެ ފަޚުރުވެރި ދަރިއެއްކަން ޔަޤީނެވެ. ހޯމޯނަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންދިމާވާ އެކި ބަލިތަކަށް ފަރުވާ ދެއްވުމަށް ޚާއްސަ ސްޕެޝަލިސްޓެއްގެ ގޮތުގައި ޤައުމީ ހޮސްޕިޓަލްގައި ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫ، ފިތުރޯނުގެ، ޑރ. އިބްރާހީމް ފައިޞަލަކީ އެންޑޯކްރޮނޮލިޖިސްޓެއްގ...