Skip to main content

Thiladhun

Writer
🇲🇻 ތިލަދުން Desk
327 Stories
101 Reads

Published on ތިލަދުން (Thiladhun) by Thiladhun

މަންމައަކު ރޮއްވާލި، ކުޑަ ދަރިފުޅުގެ ކުރެހުން!
Column

މަންމައަކު ރޮއްވާލި، ކުޑަ ދަރިފުޅުގެ ކުރެހުން!

ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި މަސައްކަތްކުރާ ބައްޕައެކެވެ. ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ ފަރުދެކެވެ. އެއީ ކުދީންގެ މަންމަގެ މަންމައެވެ. އެހެނަސް ވަރަށް ބަލި މާމައެކެވެ. ގޭގެ އެއްކަނެއްގައި ކުޑަކުޑަ ކޮޓަރިގަނޑެއް މާމައަށް ޚާއްސަކުރެވިފައި ހުރެއެވެ. މާމައަކީ ޢާއިލާއާ ވަކިކޮށްލެވިފައިވާ މީހެއް ކަހަލައެވެ. ކުދީން އެކޮޓަރިއަށް ވައްދާ މާމަ އުފާކޮށްދިނުމެއް ނޯވެއެވެ. އެއްދުވަހެއްގައި ކުދީންގެ މަ...

ހއ. އަތޮޅުގައި ހުރި ބައެއް އާސާރީ ތަންތަން
Thiladhunmathi News

ހއ. އަތޮޅުގައި ހުރި ބައެއް އާސާރީ ތަންތަން

މައްކާގައިވާ ކަޢުބަތުﷲ ގެފުޅު ފެނުމުން ރަސޫލާ އާއި އަސްޙާބުންގެ ޒިކުރާތައް އާވެގެން ދެއެވެ. އަދި މިޞްރާބުގައިވާ އަރާމްތައް ފެނުމުން ފިރުޢައުނު ތަކުގެހައިބަތާއި ޤަދަރު ހާމަވެ އެދުވަސްވަރު މިސްރު މީހުންގެ މަސައްކަތްތެރިކަން ހުރި މިންވަރު ވަޒަން ކުރެވިގެން ދެއެވެ. ހަމަ މި ބީދައިން އަޅުގަނޑުމެންގެ ރާއްޖޭގައިވާ އާސާރީތަންތަން ފެނުމުން ކާބަފައިންގެ މަސައްކަތްތެރިކަން ހާމަވެ އެމީހުންގެ ދިރިއުޅެމާއި އާދަކާދަ އަދި ސަޤާފަތް ހުރި ނެތް ގޮތް ވަޒަން ކުރެވިގެން ދެއެވެ. މިގޮތުން ރާއްޖޭގައިވާ މިފަދަ އާސާރީތަންތަ...

މާލޭ ބާޒާރުގެ އަގުތައް އެއްދުވަސް ވަރެއްގައި ހުރި ގޮތް
Report

މާލޭ ބާޒާރުގެ އަގުތައް އެއްދުވަސް ވަރެއްގައި ހުރި ގޮތް

ސުރުޚީ އެހެން އޮތަސް މާލޭބާޒާރުގެ އަގުތައް އެއްވަނަބޮޑުހަނގުރާމައިގެ މާކުރިން ފެށިގެން ދެވަނަ ބޮޑުހަނގުރާމަ ފެށުމާ ހަމައަށްވެސް އޮތީ ހަމަ މުޅިން އެއްވަރަށް ކަހަލަ ގޮތަކަށެވެ. އެއްވަނަ ބޮޑުހަނގުރާމަ ފެށުނީ މީލާދީން 1914 ވަނަ އަހަރުއެވެ. ދެވަނަ ބޮޑުހަނގުރާމަ ފެށުނީ 1939 ގައެވެ. މިގަލަމުން ފާހަގަ މިކުރަނީ ސުމުއްވުއްސުލްޠާން ޙަސަން ނޫރައްދީން ޝާނީއަށް ރަސްކަމަށް ކޮލިލީދުވަސްވަރު ބާޒާރުގައި މުދަލުގެ އަގުހުރި ގޮތެވެ. ޙަސަން ނޫރައްދީނަށް ކޮލިލީ 1357 ޖުމާދިލް އައްވަލް 22 (ބާވީސް) ވަނަ ދުވަހުއެވެ. މީލާދީ...

ޢީދުގެ އަދަބުތަކާއި ސުންނަތްތައް
Religion

ޢީދުގެ އަދަބުތަކާއި ސުންނަތްތައް

ބަރަކާތްތެރި ޢީދު ދުވަހަކީ މުސްލިމުން އުފާކުރުމަށްޓަކައި މާތް ﷲ ޝަރުޢު ކޮށްދެއްވި ދުވަހެކެވެ. ވީމައި ފިޠުރު ޢީދާއި ޢަޟްޙާ ޢީދު ދެދުހުގައިވެސް رسول الله صلى الله عليه وسلم ކަންތައްތައް ކުރައްވައި ދެއްކެވި ގޮތް ދަނެ ދަސްކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މާތް ﷲގެ ހަޟުރަތުގައި އެކަން ބޮޑަށް މަގުބޫލު އަދި އެކަލާނގެ ރުއްސެވުން ލިބިގަތުމަށްޓަކައެވެ. ތިރީގައި އެވަނީ އިތުރުއެކަލޭގެފާނާއި އެކަލޭގެފާނުންގެ އަރިސް ޞަހާބީންގެ އަރިހުން ވާރިދުވެފައިވާ ޢީދުގެ ސުންނަތްތަކާއި އަދަބުތަކުގެ ތެރެ...

ހުސް ވަގުތުގައި ﻗﺮﺁﻦ ކިޔަވާ ޒުވާނާގެ ވާހަކަ
Religion

ހުސް ވަގުތުގައި ﻗﺮﺁﻦ ކިޔަވާ ޒުވާނާގެ ވާހަކަ

އަހަރެންގެ ރައްޓެއްސަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެކެވެ. ހަވީރު އޮފީސް ނިންމާލާފައި އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައިމެވެ. އަހަރެމެންނަށް ދެވުނު އިރު އެތާނގައި (ހޮސްޕިޓަލުގައި) ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކާން އައިސް ތިއްބެވެ. ހީވާގޮތުން އަހަރެމެން ޖެހޭނީ ގަޑިއެއްހާ އިރު ފަހުންނެވެ. އެހެންވެ އަވަހަށް ނަންބަރެއް ނަގައި ގޮނޑި ބަރީގައި އަވަހަށް އިށީދެއްޖައީމެވެ. އެތާނގައި ތަފާތު މީހުން ތިއްބެވެ. ޅަކުދިންނާއި ޒުވާނުންނެވެ. ހަރު މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އ...

ހިތާމަތަކާއި ދަތިއުނދަގުލާއި ބަލިމަޑުކަން ފިލުވުމަށް ކިޔާނެ ޛިކުރު
Religion

ހިތާމަތަކާއި ދަތިއުނދަގުލާއި ބަލިމަޑުކަން ފިލުވުމަށް ކިޔާނެ ޛިކުރު

ގިނަ ގިނައިން ކިޔަންވީ ހަ ޛިކުރެއް ސުންނަތުގައި ވާރިދުވެފައިވެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ނުތަނަވަސްކަމެއްގައި ތިބާގެ ހަތިޔާރަކަށް ހަދަންޖެހޭ މި ހަޛިކުރު ކުރުންމަތީ ދެމިހުރެއްޖެ މީހާގެ ހިތާމަތަކާއި، ހައިހޫނުކަމާއި، ބަލިމާޑުކަން ފިލައިދިޔުމާއި، ފާފަ ފުއްސެވުމުގެ ސަބަބެއްކަށް ވެގެންދާނެތެވެ. އެކެއް: ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން “اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْ...

ޤިޔާމަތްވުމުގެ ޢަލާމާތެއް - ދީންވެރި ތަޤްވާވެރިން ބާކީވެ، ހަމަބުއްދިނުވާ މީހުން އަމުރުވެރީން ކަމުގައިވުން
Religion

ޤިޔާމަތްވުމުގެ ޢަލާމާތެއް - ދީންވެރި ތަޤްވާވެރިން ބާކީވެ، ހަމަބުއްދިނުވާ މީހުން އަމުރުވެރީން ކަމުގައިވުން

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަށުދަރަޖައިގެ މީސްތަކުން ހެޔޮމީހުންނަށްވުރެ މަތިކުރުމާއި އެފަދަ މީހުން ދޫކޮށް މިބައިމީހުން ކަންކަމަށް ވެރިކުރުން ހިމެނެއެވެ. ފަހެ މީސްތަކުންނަށް އަމުރުވެރީން ކަމުގައި ވާނީ އެމީހުންގެ ތެރޭތިބި ހަމަބުއްދިނުވާ އަދި އެބައެއްގެ ކިބައިގައި އެއްވެސް ހެވެއްނުވާ ދެރަވަރު މީހުންނެވެ. މިއީ ކަންތަކަން އެފުއްމިފުށަށްޖެހި ޙާލަތު ބަދަލުވެގެން ދިއުމުވެ. މިއީ ޒަމާނުގައި ފެންނަން އޮތް ކަމެއްވެސް މެއެވެ. މީސްތަކުންގެ ވެރިން ކަމުގައްޔާއި ކަންކަމުގައި އިސްވެ ބަސްކިޔައި ހަދާ ގި...

އެސްޓާގެ ހިންގާ ކޮމިޓީއަށް މެންބަރުން ޢައްޔަނުކޮށްފި
Raajje

އެސްޓާގެ ހިންގާ ކޮމިޓީއަށް މެންބަރުން ޢައްޔަނުކޮށްފި

އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން (އެސްޓާ)ގެ 2020ވަނަ އަހަރުގެ ހިންގާ ކޮމިޓީގެ މެންބަރުން ޢައްޔަނުކޮށްފިއެވެ. 2020ވަނަ އަހަރުގެ އެސްޓާގެ ރައީސްގެ މަޤާމަށް އިސްވީ 2019ވަނަ އަހަރު އެސްޓާގެ ނައިބު ރައީސް (ޢިލްމީ)ގެ މަޤާމު ފުރާފައިވާ މަރިޔަމް ހުވައިނާ ޙަސަންއެވެ. ހުވައިނާއަކީ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގައި ބެޗެލަރސް އޮފް އާކިޓެކްޗަރ ކިޔަވަމުންދާ ދަރިވަރެކެވެ. އަދި އެމް.އެން.ޔޫ ސްޓޫޑަންޓް ޔޫނިއަންގެ ފަރާތުން ޔޫތް ލީޑާރސް ނެޓްވޯކްގައި އިވެންޓް މެނޭޖަރ...

ވަގުތު ނެގިޔަސް މިނިމަމް ވޭޖުގެ ބިލު ޤަނޫނަކަށް ވާންޖެހޭނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި: ރާއީ
Parliament

ވަގުތު ނެގިޔަސް މިނިމަމް ވޭޖުގެ ބިލު ޤަނޫނަކަށް ވާންޖެހޭނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި: ރާއީ

ވަގުތު ނެގިޔަސް މިނިމަމް ވޭޖުގެ ބިލު ޤަނޫނަކަށް ވާންޖެހޭނީ އޭގެ އެންމެ ފުރިހަމަ ގޮތުގައިކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅިވެއްޖެއެވެ. އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެެ ބިލާއި ބެހޭގޮތުން މިއަދު ކުރި ޓުވީޓުގައި އިތުރަށް ބުނެފައިވަނީ ރިސޯޓް ތަކުގެ މަސައްކަތް ކުރާ ބޭފުޅުންނާއި ހުރިހާ މަސައްކަތްރިންގެވެސް ހައްޤުތައް ނުގެއްލި، އިންތިހާބު އާއި ވޯޓު އާއި ގުޅިފައިވާ ކަމަކަށްވުރެ އެއީ ޤައުމުގެ މުސްތަޤްބަލާ ގުޅިފައި ވާކަމެއްކަމަށް ރާއީ ވިދާޅުވިއެވެ. Vaguthu ekama n...

އޭ އިންތިޙާބު ވާނޭ ކައުންސިލްގެ މެންބަރުންނޭވެ!
Report

އޭ އިންތިޙާބު ވާނޭ ކައުންސިލްގެ މެންބަރުންނޭވެ!

ތިޔަބެއިކަލުންނީ ރަށުގެ رعيةންގެ ފަރާތުން دولة އަށް ހުށައަޅާން އޮތް އެދުމެއް ހުށައެޅުމަށާއި، ރަށުގެ ކުރިއެރުމާއި ތަރައްޤީ އަށް އަޅާން އޮތް ފިޔަވަޅެއް އެޅުމަށް رعيةން ވަރަށް އިތުބާރުކޮށްފައި انتخاب ކުރާނޭ ممبرންނެވެ. މިހެންމިކަން ހުރިއިރު ތިޔަބެއިކަލުން އުފުލާންޖެހޭ ޒިންމާދާރީކަންވެސް ނުލާހިކު ބޮޑުވާނޭ ކަމީ شكއް ހުރި ކަމެއް ނޫނެވެ. ތިޔަބެއިކަލުން ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ވިސްނަވައި، ރަށުގެ آمدني ގިނަވާގޮތްތައް ފިކުރުކުރައްވައި خرد ކުޑަވާނޭ ގޮތްތައް ކުރީއްސުރެ ހޯއްދަވައިގެން ކައުންސިލަށް...

އެ ބައެއްގެ ޙާލަތާއި އެކަށީގެންވާ ގޮތަށް ފިޔަވަޅު އަޅައިގެން ތިބެމާތޯއެވެ!
Report

އެ ބައެއްގެ ޙާލަތާއި އެކަށީގެންވާ ގޮތަށް ފިޔަވަޅު އަޅައިގެން ތިބެމާތޯއެވެ!

ސިންގަޕޫރ ނިވްސް އެޖެންސީއެއްކަމަށްވާ ސީ.އެން.އޭ. އިން ރޭއިގައި ގެނެސް ދިން ޚަބަރު ބުނާގޮތުން، އެ ގައުމުގައި، އިއްޔެއާހަމައަށް ހަތް މީހަކު ކޮރޯނާ ވައިރަހަށް ޕްޒޮޓިވްވިކަން ޔަގީން ކުރެވިއްޖެއެވެ. އެ ހުރިހާ މީހުންނަކީވެސް ފަތުރުވެރިން ގޮތުގައި. ޒިޔާރަތްކުރި ޗައިނާ ރައްޔިތުންނެވެ. އެންމެންވެސް އޮންއެރައިވަލް ސްކްރީން ކުރެވުނެވެ. ބަލީގެ އަލާމާތެއް ފެންނަން ނެތުމުން ދޫކޮށްލި މީހުންގެ ތެރެއިން ބައެއްމީހުން، އޭގެ އެއްދުވަސްފަހުން ވަނީ ކޮރޯނާވައިރަހަށް ޕްޒޮޓިވްވެފައިއެވެ. އެކަކު ވަނީ 3 ދުވަސްފަހުން ޕްޒެ...

ބަލިތަކުން ޝިފާ ލިބުމަށް އެންމެ ފައިދާކުރަނިވި ބޭސްފަރުވާގެ ތެރޭގައި ދުޢާ
Report

ބަލިތަކުން ޝިފާ ލިބުމަށް އެންމެ ފައިދާކުރަނިވި ބޭސްފަރުވާގެ ތެރޭގައި ދުޢާ

الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. “އެންމެ ފައިދާކުރާ ބޭސްފަރުވާ ތެރޭގައި؛ ދުޢާ ކުރުމުގައި އާދޭހާ (އާދޭސްކޮށް، ދެރަނިކަމެތި، މޮޅިވެރިއެއްގެ ގޮތުގައި ހުރެ) އެކުގައި ހުރެ ދުޢާކުރުން ހިމެނެއެވެ.” الدعاء دواء 12 الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. “ދުނިޔޭގައި އެކިމުޞީބާތްތަކާއި އުނދަގޫތައް ދިމާވުމުން ތަޥްޙީދުންއެކަންތައް ފިއްލަވައި ދެއްވާ މިންވަރަށް އެހެން އެއްވެސް އެއްޗަކުން ފިއްލަވައި ނުދެ އެވެ. ފަހެ، އެ ގޮތުން މުޞީބާތްތައް ދިމާވުމުން ކިޔާ ދުޢާއަކީ ތަޥްޙީދު […]

އޭ ލޮބުވެތި އުޚުތާއެވެ! ތިބާއަށް އަދި ކިހާދުވަހަކު މިދުނިޔޭގައި އުޅެވޭނެހެއްޔެވެ؟
Religion

އޭ ލޮބުވެތި އުޚުތާއެވެ! ތިބާއަށް އަދި ކިހާދުވަހަކު މިދުނިޔޭގައި އުޅެވޭނެހެއްޔެވެ؟

އޭ ލޮބުވެތި އުޚުތާއެވެ! ތިބާއަށް އަދި ކިހާދުވަހަކު މިދުނިޔޭގައި އުޅެވޭނެހެއްޔެވެ؟ ވިހިއަހަރު ހެއްޔެވެ؟ ސާޅީސް އަހަރު ހެއްޔެވެ؟ ނުވަތަ ފަސްދޮޅަސް އަހަރު ހެއްޔެވެ؟ ތިބާ މާދަމާ ވެސް ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް އެބައޮތް ހެއްޔެވެ؟ ހަމަ މިވަގުތުވެސް ތިބާގެ ގާތަށް މަރު އައިސްދާނޭކަން ދަންނާށެވެ! މަރުން ސަލާމަތްވުމަށްޓަކައި ތިބާއަށް އެއްވެސް ގަދަކަމެއް ދެއްކިދާނެ ހެއްޔެވެ؟ މަރަށްފަހު ދެން އޮތީ ކައްވަޅެވެ. އޭގެ ބަނޑުތެރެއަށް ތިބާ ދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ތިބާގެ ޙަޤީޤީ...

ލޯބިވާ ބޭބޭ އެވެ! ނަމާދަށް ރައްކާތެރިވާށެވެ!
Religion

ލޯބިވާ ބޭބޭ އެވެ! ނަމާދަށް ރައްކާތެރިވާށެވެ!

ޚާލިޤްވަންތަ ﷲ ތަބާރަކަ ވަތަޢާލާ ބޭބެއަށާއި އެންމެހާ މުސްލިމުންނަށް އަމުރު ކުރައްވާފައިވަނީ ނަމާދަށް ރައްކާތެރިވުމަށެވެ. އެއިލާހު ވަޙީކުރައްވަނީ “ حَافِظُواْ عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى وَقُومُواْ لِلّهِ قَانِتِينَ (238) – البقرة – މާނައަކީ “ ތިޔަބައިމީހުން ނަމާދުތަކަށާއި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ.“ ވީއިރު ބޭބެ ނަމާދަށް ރައްކާތެރި ނުވާތީ ކަންބޮޑުވަމެވެ. ޢާލަމްތަކަށް ރަޙްމަތެއް...

"ކަޅުދިރީގައި މަރު ފިޔަވާ އެހެން ހުރިހާ ބައްޔަކަށް ޝިފާ ވޭ"
Religion

"ކަޅުދިރީގައި މަރު ފިޔަވާ އެހެން ހުރިހާ ބައްޔަކަށް ޝިފާ ވޭ"

ކަޅު ދިރި ގަހަކީ އިންޑިޔާގައި ގިނަ އަދަދަކަށް ހުންނަ ގަހެކެވެ. ގަހުގެ ދިގު މިނަކީ ގާތްގަޑަކަށް ބައިމީޓަރު ވަރެވެ. މިގަހުގައި ނޫކުލައިގެ މާތަކެއް އަޅައެވެ. މިގަސް ހެދެން ފަށާފައިވަނީ ތުރުކީއައި އިޓަލީގައެވެ. އަދި ފަހުން މިގަސް އޭޝީއާއަށް ގެނެސް އިންޑީޔާގައި ހައްދަން ފެށުނެވެ. ކަޅު ދިރި އަކީ ކަޅުކުލައިގެ، ތިނެސްކަން ބައްޓަމެއްގައި އިންނަ އޮށެކެވެ. ކަޅުދިރީގައި ތޫނު ވަހެއް އެކުލެވިގެން ވުމާއެކު ގިނަ އަދަދަކަށް ތެޔޮ އެކުލެވިގެން ވެއެވެ. ކަޅު ދިރީގެ ބޭނުން އަރަބިން ދަސްކުރީ ގްރީކު […]