Skip to main content

Thiladhun

Writer
🇲🇻 ތިލަދުން Desk
327 Stories
101 Reads

Published on ތިލަދުން (Thiladhun) by Thiladhun

ދޮނަކުޅިން ދިއްދޫ މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ!
Column

ދޮނަކުޅިން ދިއްދޫ މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ!

ތިލަދުންމަތީ އުތުރުބުރީ ދޮނަކުޅި އަކީ ކުރިން އެ އަތޮޅު ދިއްދޫ މީހުން އުޅެމުން އައި ރަށެވެ. ދޮނަކުޅިން މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ އެވެ. އެރަށަށް އަރަނީ ދެކުނު އިންޑިޔާގައި އުޅޭ މަލާބާރީންގެ ގުރޫޕަކާ ޕޯރޗްގީޒުންނާ ގުޅިފަ އޮތް ކަންނަންނޫރު އަލީ ރާޖާގެ ގުރޫޕެވެ. ރަށަށް އަރާ މީހުންމަރާ ލޭކޯރު ހައްދާ ކުޑަކުދިންގެ ކަރުގައި އަޅާފައި ހުންނަ ރަނުގެ ގިލަފައްޗާ ކަންފަތުލާމުންޖާ އުޅާފަދަ ގަހަނާ ނަގާ މުޅިރަށުން ފޭރުމަށްފަހު ރަށުންދަނީ އެވެ. ފޭރެން އަންނަ މިގުރޫޕު ގުރާބު ތަކުގައި […]

ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ
Thiladhunmathi News

ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ

ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އާބާދުވެފައި ވަނީ އެތަކެއް ފަހަރު މަތިންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ރަށުގެ ވަޒަންވެރިން އެހެން ކޮންމެވެސް ހިސާބަކަށް ހިޖުރަކޮށްފައި، އަމިއްލަ ރަށަށް އަނެއްކާވެސް އާދެވޭ ގޮތަށް ކަންތައްތައް ފަހިވުމުން، އެނބުރި އައިސް ރަށް އާބާދުކުރަނީ އެވެ. މި ގޮތަށް އާބާދުވެފައިވާ ރަށްރަށް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ. އަދި ހަމަ މިފަދައިން، އެކި ޒަމާނުގައި އަލަށް އާބާދުވެފައި ހުރި ރަށްރަށް ވެސް އެބަހުއްޓެވެ. މި ލިޔުމުގައި މިހިމަނާލަނީ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލ...

Report

ސުނާމީ ކާރިސާއާގުޅިގެން ދިވެހި ސިފައިން އަދާކުރި މުހިންމު ދައުރު

ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. މި ކާރިސާގައި 82 ދިވެހިން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިއިރު، 8162 މީހުން ގޯތި ގެދޮރުނެތި ހާލުގައި ޖެހުނެވެ. އަދި 3997 ގޯތި ގެދޮރު މުޅިން ހަލާކުވެފައިވެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް އައި […]

ވީކޭ ޕީކާރސް: ޒުވާން ކުދިންނަށް ނަމޫނާއެއް
Thiladhunmathi News

ވީކޭ ޕީކާރސް: ޒުވާން ކުދިންނަށް ނަމޫނާއެއް

“ވީކޭ ޕީކާރސް” އޭ ބުނެފިނަމަ އެއީ ކީއްކުރާ ކޮން ބައެއް ކަން އިނގޭނީ މަދު ބަޔަކަށެވެ. ވީކޭ ޕީކާރސް އަކީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ ޒުވާން ކުދިންތަކެއް ހިންގާ ޕޭޖް އެކެވެ. މިކުދިންނަކީ ރާއްޖޭގައި ވަރަށް މަދުން ކުޅޭ ކުޅިވަރެއް ކަމުގައިވާ ޕާކޯ އަދި ފްރީ ރަނިންގް ކުރާ ކުދިންތަކެކެވެ. މިކުދިން ކުރާ ހަމަ އެކަނި ކަމަކީ އެއީ އެއް ނޫނެވެ. މި ޒުވާން ކުދިންތައް އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައު އަށް ފައިދާ ކުރާނެ […]

ހުކުރު ދުވަހަކީ ކިހާ މާތް ދުވަހެއްތަ؟
Religion

ހުކުރު ދުވަހަކީ ކިހާ މާތް ދުވަހެއްތަ؟

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. އަދި މުޅި އަހަރަށް ބަލައިފިނަމަ ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. މީގެ އިތުރުން ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލް ޤަދްރިވިލޭރޭ ކަމުގައި މި އުންމަތަށް ކީރިތި ނަބިއްޔާ صلى الله عليه وسلم ބަޔާން ކޮށްދެއްވަވާފައިވެއެވެ. ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު […]

އިންފުލުއެންޒާ – މޫސުމީ އަރިދަފުސް ރޯގާ
Report

އިންފުލުއެންޒާ – މޫސުމީ އަރިދަފުސް ރޯގާ

އިންފުލުއެންޒާ(Influenza) އަކީ އަރިދަފުސް ރޯގާ ފަދަ އިން ވައިރަސް އެއްގެ ސަބަބުން، ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އިންފުލުއެންޒާގެ ވައްތަރުތަކުގެ ތެރެއިން ކޮންމެ އަހަރަކު މޫސުމީ ސިފައެއްގައި ކުރިމަތިވާ އިންފުލުއެންޒާ އަށް މޫސުމީ އަރިދަފުސް ރޯގާ(Seasonal Influenza) އޭ ކިޔައެވެ. އިންފުލުއެންޒާ އަށް އާންމުކޮށް ކިޔަނީ ފުލޫ(Flu) ނުވަތަ ރޯގާ އެވެ. އިންފުލުއެންޒާ ޖައްސާ ވައިރަސް ތަކުގެ ވައްތަރުތައް ހަށިގަނޑަށް ވަދެ ނިކުމެ ހަދާ މައި ދޮރާއްޓަކީ ނޭވާލާ ނިޒާމުން ހަށިގަނ...

ޗުއްޓީ އެންމެ ހެޔޮގޮތުގައި
Report

ޗުއްޓީ އެންމެ ހެޔޮގޮތުގައި

ޗުއްޓީ އަކީ ފަހަރެއްގައިވެސް މުސްލިމަކު އޭނާގެ ޢަމަލުން ދުރުވެގެން ހުންނަންޖެހޭ ހުސްވަގުތެއްކަމުގައި ބަލައިގެން ނުވާނެއެވެ. މުސްލިމުން މަސައްކަތުން ޗުއްޓީވާނީ މަރުވާ ހިސާބުން ފެށިގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ﴾ މާނައަކީ؛ ”އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވ...

ހަކުރު ބަލި ޖެހެން ދިމާވާ ސަބަބުތަކާއި ހަކުރު ބަލި ޖެހުމުންވާގޮތް
Report

ހަކުރު ބަލި ޖެހެން ދިމާވާ ސަބަބުތަކާއި ހަކުރު ބަލި ޖެހުމުންވާގޮތް

ހަކުރު ބަލި ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދާ ނުދޭތީ އެވެ. ނުވަތަ އިންސިއުލިން އުފައްދައި ދިން ނަމަވެސް އޭގެ މަސައްކަތަށް ކޮންމެވެސް މިންވަރެއްގެ ހީނަރުކަމެއް ލިބުމާއި ގުޅިގެންނެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ހަށިގަނޑުގައި ހަކުރު ނުވަތަ ގުލްކޯޒުގެ މިންވަރު ބޭނުން ނުކުރެވި އިތުރުވެގެންދެއެވެ. ހަކުރު ބަލި ކުޑަކޮށް ހުންނަމީހުން އެމީހުންގެ ލޭގައި ހުންނަ ގުލްކޯޒުގެ މިންވަރު މައްޗަށްދަނީ ކެއުމާއި ގުޅިގެން އެކަންޏެވެ. ނުކައި ހުންނައިރު ލޭގައި ހުންނަ ގުލްކޯޒުގެ މިންވަރު ހ...

ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް
Column

ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

ޒަވާޖީޙަޔާތް ކާމިޔާބު ގޮތުގައި ހޭދަކުރުމުގެ މުހިއްމުކަން ވިސްނޭމީހުން، އެކަމަށް ގަދައަޅައި މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. އެފަދަ މީހުންނަކީ ވިސްނުން ރަނގަޅު ތަހުޒީބު މީހުންނެވެ. އުފާވެރި ޢާއިލާއަކީ، އެޢާއިލާއެއްގައި ޞުލްޙަވެރިކަމާއި ހަމަޖެހުން އެކުލެވިފައިވާ ޢާއިލާއެކެވެ. އަދި ޢާއިލާއެއް އުފާވެރިކަންމަތީ ދެމެހެއްޓުމަކީ ޢާއިލާއާއި މުޖްތަމަޢުގެ އަފްރާދުން ކާމިޔާބަށް ވާޞިލްވުމަށްޓަކައި ކޮށާލެވޭ ތަނަވަސްމަގެކެވެ. އެހެންކަމުން މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ޤަޞްދުކުރާ މައުޟޫޢައިގެން ކުރ...

ނަބިއްޔާއަށް ތަބާވުމާމެދު އަހަރެމެން އިމްތިހާން ކުރެވެމުންދަނީ
Report

ނަބިއްޔާއަށް ތަބާވުމާމެދު އަހަރެމެން އިމްތިހާން ކުރެވެމުންދަނީ

محمد صلى الله عليه وسلم މެދުވެރި ކުރައްވައި ﷲ سبحانه وتعالى ވަނީ އަހަރެމެންނަށް ތެދުމަގު ދައްކަވާފައެވެ. އަނދިރި ކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބަރަކާތުން ދެދުނިޔޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެކަލޭގެފާނުދެކެ ލޯބިވުން އަހަރެމެންގެ މައްޗަށް ﷲ سبحانه وتعالى ވަނީ ވާޖިބުކުރައްވާފައެވެ. އެކަލޭގެފާނަށް ޢިއްޒަތްކުރުމާއި އެކަލޭގެފާނަށް ނަޞްރު ދެވެން އޮތް ކޮންމެ ގޮތަކުން ނަޞްރުދިނުމާއި، ކޮންމެ ހިނދެއްގައިވެސް އަހަރެމެންގެ އަމިއްލަނަފްސުތަކުގެ...

އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީނެވެ.
Report

އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީނެވެ.

އިސްލާމްދީނަކީ އެއްބައިވަންތަކަމަށް ގޮވާލާދީނެވެ. އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް އޯގާވެރިވެ ރަހުމް ކުރުމަށް ގޮވައިލާދީނެވެ. އެކަކަށް ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ އެމީހަކަށް އެހީތެރިވުމަށް އަމުރުކުރާ ދީނެވެ. އެކަކު އަނެއްކެއްގެ މުދަލާއި އަބުރަށް ރައްކާތެރިވުމަށް އަމުރުކުރާދީނެވެ. އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކުވެސް އޭނާގެ ދުލާއި، އަތް އެހެން މީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރިކުރުމަށް ގޮވާލާ ދީނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ސުބްހާނަހޫވަތައ...

ސައިކަލު ވަގަށް ނެގުން – ހައްލަކީ ކޮބާ؟
Report

ސައިކަލު ވަގަށް ނެގުން – ހައްލަކީ ކޮބާ؟

ވައްކަމުގެ މައްސަލަތަކުގެ ސަބަބުންލިބޭ މާލީ ގެއްލުންތަކަކީ ކޮންމެ ބޭފުޅަކުވެސް އެކަމާ ކަންބޮޑުވާނެ ކަމެކެވެ. ގެންގުޅޭ އަގުބޮޑެތި މުދާ ގެއްލުމަކީ އެކަމާ އިންތިހާއަށް ދެރަވެ ހިތާމަ ކުރާ ކަމެކެވެ. ވައްކަމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމަޢުގައި އަބަދުވެސް ހިނގަމުން އަންނަ، އެކަންކަމަށް ހައްލު ހޯދަން ޖެހިފައިވާ ކަންކަމެވެ. އޭގެތެރޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް މިވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ނަމަވެސް، މިފަދަ ކަންކަން ހައްލުކުރުމުގައި ފަރުދީ ގޮތުން ކޮންމެ ބޭފުޅަކަށްވެސް ކުރެ...

ދެފުށް ދެގޮތް ވުން
Report

ދެފުށް ދެގޮތް ވުން

بسم الله الرحمن الرحيم ދެފުށް ދެގޮތް ވުމަކީ އެއްޗެއްގެ އެތެރެފުށާއި ބޭރުފުށް ތަފާތުވުމެވެ. އާންމުކޮށް ކޮންމެ އެއްޗެއްގެވެސް ދެފުށް ދެގޮތް ވާނެއެވެ. ނަމަވެސް އިންސާނާގެ އެތެރާއި ބޭރު، ހިތާއި ހަށިގަނޑު އަދި ނިޔަތާއި އަމަލު އެއްގޮތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެވެނި މިވެނި މީހަކީ ވަރަށް ދެފުށް ދެގޮތް މީހެކޭ ބުނެވުމަކީ އެމީހާއަށް ލިބޭ ވަރަށް ބަދު ބަހެކެވެ. ހުރިހައި މުޖުތަމައެއްގައިވެސް އެކަން ބެލެވެނީ ނުބައި ކަމެއްގެ ގޮތުގައެވެ. އިޚްލާޞްތެރިކަމަކީ ހިތުގެ ޢަމަލެވެ. އެއީ […]

ތިލަދުންމަތީ އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި ރަސްކަލުން
Thiladhunmathi News

ތިލަދުންމަތީ އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި ރަސްކަލުން

އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ. މި ކަޅު ޙަސަން ކަލޭގެ އަކީ އައްސުލްޠާން ކަޅު މުޙައްމަދު […]

ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ އަޒްމެކެވެ.
Religion

ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ އަޒްމެކެވެ.

އަޅުގަނޑުމެންނަށް މިދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. ތިމާމެންނީ ﷲ އެއްކައުވަންތަކުރާ، އެކަލާނގެ ފޮނުއްވި ނަބިއްޔާ ތެދުކުރާ، ބާއްވައިލެއްވި ފޮތާއި، ޣައިބުގެ އެންމެހާ ޚަބަރުތަކަށް އީމާންވާ ބައެއް ކަމުގެ ހެޔޮ ނަސީބު ލިބިގެން ދިއުމެވެ. މި މަތިވެރި ނަސީބު ލިބިއްޖެ މީހަކަށް ހުރީ އުފާވެރިކަމެވެ. އަދި އާޚިރަތުގައި ހުރީ މަތިވެރިވެގެންވާ ސުވަރުގެތަކެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ! އެހެނީ އިސްލާމްދީނަކީ ޙައްޤު ދީނެވެ. އަދި އެ ދީނަކީ ޤިޔާމަތާ ޖެހެންދެން ﷲ ތަޢާލާ ރުހި...