އަސާސީ ޙިދުމަތްތަކާއި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ – ޓްރާންސްޕޭރެންސީ
ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށްދީ، ރައްޔިތުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް މެނޭޖަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. އެއިގެ އިތުރުން މަރިޔަމް ޝިއުނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން މި ނިޒާމާ ގުޅޭ ޕޮލިސީތަކާ ގުޅޭގޮތުން ކުރ...