އުރީދޫ "ފަން ރަން" ޑިސެމްބަރ 19ގައި ހުޅުމާލޭގައި، ރެޖިސްޓްރޭޝަން މިމަހު 19ގައި
އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އެންމެ އުފާވެރި ދުވުން ކަމަށްވާ “އުރީދޫ ފަން ރަން” މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރު 2025 ގައި ހުޅުމާލޭގައި ކަމަށް އިއުލާންކޮށްފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ، އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ އިވެންޓެކެވެ. ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބައިވެރިވާ މި ދުވުމަކީ ދުޅަހެޔޮ ސިއްހ...