Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް
އުލިގަމު ރައްޔިތުންގެ މަސް ފިހުން: އެއްބައިވަންތަކަމުގެ ތަފާތު މިސާލެއް!
އުލިގަމުގެ މަސް ފިހުމުގެ ތަފާތު ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިއީ އުލިގު ރައްޔިތުން ޒަމާންތަކެއްވަންދެން ކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަ ކަމާއި ރީތި ސަގާފަތް ވަރަށް ރީއްޗަށް ދައްކައިދޭ ހަރަކާތެކެވެ. އުލިގަމުގެ ރައްޔިތުން އަބަދުވެސް ބޭނުން ވަނީ އެ އެއްބައިވަންތަ ކަމާއި ސަގާފަތް ރަށުން ބޭރުވެގެން ދިޔަ ނުދީ ހިފަހައްޓާފައި ބާއްވާށެވެ. އަދި އެ އެއްބައިވަންތަ ކަމުގައި އެންމެން ބައިވެރި ކުރަން އަވަށްޓެރި ރަށްރަށުގެ މީހުން އެރަށަށް އެރުމަށް އެރަށުމީހުން ތަރުޙީބުދެއެވެ. ކުރިން ޝައްވ...
އުތުރާއި ދެކުނުގެ ބައިނަލްއަގުވާމީ ބަނދަރަށް ކޮންސަލްޓެންސީ ދިނުން ގުޅީފަޅުގެ ކޮންސަލްޓެންޓަށް
ރާއްޖޭގޭ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ދެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް، ކ. ގުޅީފަޅު ބަނދަރު މަޝްރޫއަށް ވެސް ކޮންސަލްޓެންސީ ދޭ ކުންފުންޏާ ހަވާލުކޮށްފި އެވެ. މި މަޝްރޫއަށް ކޮންސަލްޓެންސީ ދޭން ހަމަޖައްސާފައި ވަނީ، ޑެންކާމުގެ ނިރާސް އަދި ނެދަލެންޑްސްގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ. މި ކުންފުންޏާ އެކު، ސަބް-ކޮންސަލްޓެންޓެއްގެ ގޮތުގައި ދިވެހި ކުންފުންޏެއް ކަމަށްވާ ރިޔަން ޕްރައިވެޓް...
މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިއްޖެ - ނައިބު ރައީސް
މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ “ރޯޑް ސޭފްޓީ ވޯކް” ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޤައުމީ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން...
މައި ކަޕް 2019: ކުޅިމަގާއެކު ސެންސިޓީ އަދި ގަބީލާ ކުއާޓަރއަށް
މައި ކަޕް 13 ވަނަ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފަހު ދެ ޖާގަ ގްރޫޕް ތިނެއްގެ ސެންސިޓީ އަދި ގަބީލާ ހޯދައިފިއެވެ. އެ ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުޅިމަގު ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާއިރު ސެންސިޓީ، އަރާދުވާ އަދި ގަބީލާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ސެންސިޓީއަށް ކުއާޓަރއިން ޖާގަ ލިބުނީ ގޯލް ތަފާތުން ކުރި ހޯދައިގެންނެވެ. ސެންސިޓީ ގެއްލުން 1 ގޯލު އޮތްއިރު އަރާދުވާ އަދި ގަބީލާއަށް ގެއްލުން ގޯލުގެ ގޮތުގައި 2 […]
ޝަހުދީގެ "މަވެށި" ވާހަކަ މިހާރު ގަންނަން ލިބޭނެ
ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހުދީ ކުޑަކުދިންނަށް ހާއްސަކޮށް ލިޔުއްވާފައިވާ ވާހަކަ ފޮތްތައް ނެރެ ވިއްކަން ފަށައިފި އެވެ. މި ވާހަކަ ފޮތްތައް މިހާރު މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ. ޝަހުދީ ލިޔުއްވާފައިވާ ފަސް ވާހަކަ ފޮތަކީ “އެކުވެރި ތިން މިޔަރު”، “ބުއްދިވެރި ފިނދަނަ”، “ނަސީބުދެރަ ކޮވެލި”، “ކިބުރުވެރި ބުޅާ”، “ކޮކާލުގެ ހުވަފެން” އެވެ. މި ވާހަކަތައް ނެރެފައިވަނީ “މަވެށި” ސީރިސްގެ ނަމުގަ އެވެ. ފޮތް ބައިގެ ޕަބްލިޝާއަކީ ވާހަކަ.ކޮމް އެވެ. މިއީ އެގޮތަށް […]
އެމްއެންޑީއެފްއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް “ދުޅަހެޔޮ ހަށިހެޔޮ” ނިމާލައިފިއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ދުވާފަރުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ކާނަލް އިސްމާޢީލް ޝަރީފް ވަނީ...
ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވައިފި
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްގެ ދަށުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަ...
އެލަޔަންސް ފުޓްސެލް ކަޕް 2019ގެ ޗެމްޕިޔަންކަން ވިޔޯރާ ސިޓީއަށް
އެލަޔަންސް ފުޓްސެލް ކަޕް 2019ގެ ޗެމްޕިޔަންކަން ވިޔޯރާ ސިޓީ ހޯދައިފިއެވެ. ވިޔޯރާ ސިޓީ ޗެމްޕިޔަކަން ހޯދައިފައިވަނީ ރޭ ފައިނަލް މެޗްގައި ސްޓަރ ފޯސް އާއި ބައްދަލުކޮށް 10-2 އަކުންނެވެ. މި ފޯރިގަދަ ފައިނަލް މެޗްގެ މޭން އޮފް މެޗަކަށް ހޮވިފައިވަނީ ވިޔޯރާ ސިޓީގެ ހަސަން ސޮލާހެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަ ތަކަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ ރަނަރަޕް ޓީމަކީ ސްޓާރ ފޯސް އެވެ. މުބާރާތުގެ ފެއަރ […]
ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ބޮޑު ޤައުމަކަށް ވާކަށް ނުޖެހޭ، ބޭނުންވަނީ ޕްލޭނަކާއިއެކު ވަޞީލަތްތަކެއް: ރައީސް
ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ކޮންމެހެން ބޮޑު ޤައުމަކަށް ވާކަށް ނުޖެހޭކަމަށާއި، ބޭނުންވަނީ ރަނގަޅު ޕްލޭނަކާއިއެކު ކުޅިވަރު ކުޅޭނެ ރަނގަޅު ވަޞީލަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި ހެން ވިދާޅުވީ ސައުތް އޭޝިއަން ގޭމްސްގައި މެޑަލް ހޯދި އެތުލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގެ އެތުލީޓުންނަށް މަރުޚަބާ ވިދާޅުވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރ...
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ! ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުން ކަމަށް ބެލެވެނީ 24 ގަޑިއިރު ތެރޭގައި 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން ކަމަށެވެ. ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އޯއާރއެސް އަދި ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން ގިނަގިނައިން ލޮނުޕެކެޓް، […]
ނޫމަޑި މައްސަލައިގައި ޑރ. މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން އެދެފި
ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެ އެވެ. ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެއެވެ. ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ...
ކެލާ ސްޕަރލީގް 2019 ޗެންޕިއަން "ކެލާގެ ފެނަކަ"
ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެލާގެ ފެނަކަ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗްގައި ބައްދަލުކުރީ ކެލާ ފެނަކައާއި، އަތިރި އިން ކެލާއެވެ. މި މުބާރާތުގައި ހަތަރުޓީމެއް ވާދަކޮށްފައި ވެއެވެ. ފައިނަލް މެޗްގައި ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން 3 – 1 މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ފެނަކަ ޓީމުން ހޯދިއެވެ. އަހަރަކު އެއްފަހަރު ކުޅޭ މި މުބާރާތުގެ އެންމެ […]
އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެއް މިސްރާބަކަށް އަމާޒު ހިފައިގެން- ރައީސް
ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭގައި ހުންނަ އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުޚާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނ...
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presiden...