ކުރިއަށް އޮތް އިންތިޚާބަށް ރަށްވެހިކަން ބަދަލުކުރެވޭނީ މިމަހުގެ 15ގެ ނިޔަލަށް: އީސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި ރަށްވެހިވެފައިވާ ތަން ކަމުގައި ބަލާނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެމީހަކު ރަޖިސްޓްރީވެފައި އޮތް ތަނެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމި...