މޯލްޑިވިއަނުން މާލެއާއި ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފި
ޤައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ދ. ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ޚާއްޞަ ޕްރޮމޯޝަނެއްގެ ދަށުން ފެށި، މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،111 ރުފިޔާއެވެ. މި އައު ދަތުރުތައް އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ބަހައްޓާފައެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި، މާލެ ސަރަހައްދާއި ކުޑަހުވަދުއާ ދެމެދު މި ދަތުރުތައް ފެށީ ދ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުމ...