ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
ހއ.ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ “މަދަޙަ މުބާރާތް 2026” ނިންމާލައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެވިޑް އިންޓަނޭޝަނަލް ސްކޫލާއި އެ ރަށު ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރުމުގެ މަޤްޞަދުގައި، ބޭއްވި މުބާރާތެކެވެ. މި މަދަހަ މުބާރާތުގައި އިސްލާމީ އަޚުލާޤާއި، މާތްﷲ ގެ ކިބަފުޅަށް ޙަމްދާއި ސަނާ ދެންނެވުމަށާއި، ކީރިތި ރަސޫލާ ޞޢވ ގެ މާތް ސިފަފުޅުތަކަށް ތަޢުރީފުގެ މަދަހަތައް އިވިގެން ގޮ...