Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,272 Stories
3,694 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއީލަށް އެއްވެސް ބާރެއް ހިންގުމުގެ ހައްގެއް ނެތް: ބައިނަލްއަގްވާމީ ކޯޓު
International

ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއީލަށް އެއްވެސް ބާރެއް ހިންގުމުގެ ހައްގެއް ނެތް: ބައިނަލްއަގްވާމީ ކޯޓު

އިސްރާއީލަކީ އޮކިއުޕައިންގ ބާރެއްގެ ހައިސިއްޔަތުން، ޣައްޒާ ހިމެނޭގޮތަށް ފަލަސްތީނުގެ އެއްވެސް ސަރަހައްދެއްގައި ސިޔާދަތު ހިންގުމުގެ ހައްގެއް ނެތް ކަމަށާއި، ޣައްޒާއަށް އިންސާނިއްޔަތުގެ އެހީ ފޯރުކޮށްދިނުމަށް އެއްވެސް ޝަރުތަކާ ނުލައި މަގުފަހިކޮށްދިނުމުގެ ޒިންމާ އޮތް ކަމަށް ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ބުދަ ދުވަހު ނެރުނު ތަފްސީލީ ރައުޔެއްގައި ނިންމައިފިއެވެ. މި ރައުޔުގައި ދުނިޔޭގެ އެންމެ މަތީ ކޯޓުން ބާރުއަޅާފައިވަނީ، ޣައްޒާގެ އާބާދީގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އިސްރާ...

ޔޫއޭއީ އިން އިސްރާއީލުގައި ދާއިމީ އެމްބަސީއެއް ގާއިމުކުރުމަށް ބިމެއް ގަނެފި: ރިޕޯޓު
Raajje

ޔޫއޭއީ އިން އިސްރާއީލުގައި ދާއިމީ އެމްބަސީއެއް ގާއިމުކުރުމަށް ބިމެއް ގަނެފި: ރިޕޯޓު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއީލުގެ ތެރޭގައި ދާއިމީ އެމްބަސީއެއް ގާއިމުކުރުމަށްޓަކައި ބިމެއް ގަނެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ޔޫއޭއީ އަށް މި ބިން ގަތުމުގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިސްރާއީލޭ ކިޔުނު ދައުލަތެއް ގާއިމުކޮށްގެންތިބި ޔަހޫދީންގެ ގައުމު، އިސްރާއީލު ލޭންޑް އޮތޯރިޓީ އާއި ހައްދުފަހަނައަޅާފައިވާ އެމީހުންގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސ...

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސަނާއެ ތަކައިޗީ އިންތިޚާބުވެއްޖެ
International

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސަނާއެ ތަކައިޗީ އިންތިޚާބުވެއްޖެ

ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރެއްގެ ގޮތުގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ރައީސާ ސަނާއެ ތަކައިޗީ އިންތިޚާބުވެއްޖެއެވެ. މިއީ ޖަޕާނުގެ ޤާނޫނުއަސާސީގެ ތާރީޚުގައި މި މަޤާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއަށް ވާއިރު، އެ ޤައުމުގެ ސިޔާސީ މައިދާނަށް މިވަނީ ތާރީޚީ އާ ބާބެއް ފެށިފައެވެ. އޮކްޓޯބަރު 21 ވަނަ ދުވަހުގެ މެންދުރުފަހު، ޖަޕާނުގެ ޑައިޓްގެ މަޖިލީހުގެ ދަށު ގޭގައި ޤައުމުގެ ދެން އަންނާނެ އެންމެ މަތީ ވެރިޔާ އިންތިޚާބުކުރުމަށް ބޭއްވުނު ޖަލްސާގައި، […]

ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް
International

ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ އޭނާގެ ރިޔާސީ އިންތިޚާބީ ކެމްޕޭނުގެ ފައިސާއާ ގުޅޭ ރޭވުމެއްގައި ކުށްވެރިވެ، ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމަށް ޕެރިހުގައި ހުންނަ ލާ ސާންޓޭ ޖަލަށް ގެންގޮސްފިއެވެ. މިއީ 1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީންނާ އެއްބާރުލުން ދިން ފިލިޕް ޕެޓޭން ޤައުމަށް ޚިޔާނާތްތެރިވުމުގެ ކުށުން ޖަލަށްލެވުނު ފަހުން، ޖަލަށްލެވުނު ފުރަތަމަ ފްރާންސްގެ ކުރީގެ ރައީސްއެވެ. އުމުރުން 70 އަހަރުގެ ސާކޯޒީގެ މައްޗަށް ޕެރިސްގެ ޖިނާއީ ކޯޓުން […]

ހަގީގީ ނިރުބަވެރިންނަކީ އެމެރިކާ: ހާމަނާއީ
International

ހަގީގީ ނިރުބަވެރިންނަކީ އެމެރިކާ: ހާމަނާއީ

ހަގީގީ ނިރުބަވެރިންނަކީ އެމެރިކާ ކަމަށާއި، އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިޔާއަކީ ވެސް އެމެރިކާ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ، ވިދާޅުވެއްޖެއެވެ. އެމެރިކާ އާއި އިސްރާއީލުން ހިންގާ ޖަރީމާތަކާއި ގުޅޭގޮތުން އެއްފަހަރާ އެކްސްގައި ގިނަ ޕޯސްޓްތަކެއް ކުރައްވަމުން، ހާމަނާއީ ވަނީ މިފަދަ ބަސްފުޅުތަކެއް ވިދާޅުވެފައެވެ. ހާމަނާއީ ވިދާޅުވީ އެމެރިކާގެ ރައީސް ފަޚުރުވެރިވަނީ އެމީހުން އީރާނުގެ ނިއުކްލިއަރ ޞިނާޢަތު ބޮންއަޅައި ހަލާކުކޮށްލައިފި ކަމަށެވެ. އެކަ...

އެއްބަސްވުމާއި 80 ފަހަރު ޚިލާފްވުމަށްފަހު ޔަހޫދީން ބުނީ ހަމާސުން އެއްބަސްވުމާއި ޚިލާފްވެއްޖެކަމަށް
International

އެއްބަސްވުމާއި 80 ފަހަރު ޚިލާފްވުމަށްފަހު ޔަހޫދީން ބުނީ ހަމާސުން އެއްބަސްވުމާއި ޚިލާފްވެއްޖެކަމަށް

ޣައްޒާގައި އިސްރާއީލުން ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށް މި މަހުވީ އެއްބަސްވުމާއި އިސްރާއީލުން 80 ފަހަރު ޚިލާފްވުމަށްފަހު، ހަމާސުން އެއްބަސްވުމާއި ޚިލާފްވެއްޖެކަމަށް ބުނެ އިސްރާއީލުން ވައިގެ ހަމަލާއެއްދީ 26 ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. އަބަދު ވެސް ދޮގުހަދަމުން އަންނަ އިސްރާއީލްގެ މިލިޓަރީން އާދިއްތަ ދުވަހު ބުނެފައިވަނީ، އެ ހަމާލާއަކީ އެ ޤައުމުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ދިން ރައްދެއްކަމަށެވެ. މި ހަމަލާތަކަށްފަހު، އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް އިސްރާއީލުނ...

އާޖެންޓީނާ ބަލިކޮށް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް މޮރޮކޯއިން ކާމިޔާބުކޮށްފި
Sports

އާޖެންޓީނާ ބަލިކޮށް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް މޮރޮކޯއިން ކާމިޔާބުކޮށްފި

ތާރީޚީ ކާމިޔާބީއެއް ހޯދައި މޮރޮކޯއިން 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. އާދީއްތަ ދުވަހުގެ ރޭ ޗިލީގައި ކުޅުނު މި މުބާތުގެ ފޯރިގަދަ ފައިނަލުގައި މޮރޮކޯ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ 2-0 އިން ބަލިކޮށްގެންނެވެ. މި ކާމިޔާބާއެކު މޮރޮކޯއިން ވަނީ އެ ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށްޓެއް ހޯދާފަ އެވެ. މިއީ މޮރޮކޯގެ ތާރީޚުގައި އެއްވެސް އުމުރުފުރައެއްގެ ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. […]

ފަހުގެ އެއްބަސްވުމާ އިސްރާއީލުން 47 ފަހަރު ޚިލާފްވެ 38 މީހުން ޝަހީދުކޮށްލައިފި
International

ފަހުގެ އެއްބަސްވުމާ އިސްރާއީލުން 47 ފަހަރު ޚިލާފްވެ 38 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލީ ސިފައިން އޮކްޓޯބަރު މަހުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން އެ އެއްބަސްވުމާ 47 ފަހަރު ޚިލާފުވެ، 38 މީހުން ޝަހީދުކޮށްލައި 143 މީހުންނަށް އަނިޔާދީފައިވާ ކަމަށް ފަލަސްތީނު އޮފިޝަލުން ބުނެފިއެވެ. އިސްރާއީލުން އެއްބަސްވުމާއި ތަކުރާރުކޮށް ޚިލާފްވެ ހިތުހުރިގޮތެއް ހަދަމުން އަންނައިރު، ހަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލްގެ މީހުންގެ ހަށިގަނޑުތައް އަނބުރާ ހަވާލުކުރުމަށް ހަމާސްއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ، އިސްރާއީލްގެ ބޮޑުވަޒީރު...

ބަންގްލަދޭޝްގެ މައި ވައިގެބަނދަރުގައި އަލިފާން ރޯވެ އަނދަނީ
International

ބަންގްލަދޭޝްގެ މައި ވައިގެބަނދަރުގައި އަލިފާން ރޯވެ އަނދަނީ

ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ އެ ގައުމުގެ މައި ވައިގެބަނދަރު، ހަޒްރަތު ޝާހްޖަލާލް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ކާގޯ ސެކްޝަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ހުރިހާ ފްލައިޓްތަކާއި ލޭންޑިންގ އޮޕަރޭޝަންތައް ހުއްޓާލައިފިއެވެ. އެ އެއާޕޯޓްގެ ފަޔަރ ސަރވިސްގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ ވަކިން ޚާއްޞަކޮށް އިމްޕޯޓް ކުރެވޭ މުދާ ގިނައިން ރައްކާކުރެވިފައި ހުންނަ ކާގޯ ސެކްޝަނުގައެވެ. މި ސަރަޙައްދުން ބޯ ދުން އުފެދި...

އެނބުރި ވަޒަނަށް އައި ފަލަސްތީނު ޢާއިލާއެއްގެ 11 މެމްބަރަކު ޝަހީދުކޮށްލައިފި
International

އެނބުރި ވަޒަނަށް އައި ފަލަސްތީނު ޢާއިލާއެއްގެ 11 މެމްބަރަކު ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީ، ފަލަސްތީނު (18 އޮކްޓޯބަރު 2025)- އިސްރާއީލުގެ ސިފައިން، ފަލަސްތީނުގެ ޣައްޒާގައި، މަދަނީ އުޅަނދެއްގައި ދަތުރުކުރި އެއް ޢާއިލާގެ 11 މެމްބަރުން ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުން އަންނަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ތަކުރާރުކޮށް ޚިލާފްވެ ފަލަސްތީނުގެ އެކި ސިޓީތަކަށް ހަމަލާދީ ރައްޔިތުން ޝަހީދުކުރަމުންނެވެ. މިފަހަރުގެ ހާދިސާ ހިނގާފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަށް ދުވަސް ވީ ފަހުންނެވެ. ޣައްޒާގެ މަދަނީ ދިފާޢީ ބާރުތަކުން ބުނާ ގޮތުގައި މިއީ ހަނގުރާމަ ހުއްޓު...

ހަސީނާ އަށް މަރުގެ އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިއްޖެ
International

ހަސީނާ އަށް މަރުގެ އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިއްޖެ

ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް ކަނޑައަޅައިދިނުމަށް އެ ގައުމުގެ ދައުލަތުން ކޯޓުގައި އެދިއްޖެއެވެ. ހަސީނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގެ ކޮލެޖް/ޔުނިވާސިޓީތަކުގެ ދަރިވަރުން އިސްވެ އެކަމަނާގެ ވެރިކަމާ ދެކޮޅަށް ހިންގި އިހުތިޖާޖުތަކުގައި އެ ދަރިވަރުންނާމެދު ހަސީނާގެ ސަރުކާރުން ޢަމަލުކުރި އަނިޔާވެރިގޮތް ތަހުގީގުކުރުމަށްފަހު އެވެ. މި އިހްތިޖާޖުތަކުގައި މިދިޔަ އަހަރު އޯގަސްޓްމަހު ހަސީނާގެ ވެރިކަން ވަނީ ވެއްޓިފައެވެ. ފިއްލަވައިގެން...

ޕޯޗުގަލްގައި އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކުރަން ފާސްކޮށްފި
International

ޕޯޗުގަލްގައި އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކުރަން ފާސްކޮށްފި

ޕޯޗުގަލްގައި އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކުރާ ބިލެއް އެ ގައުމުގެ ބާލަމެންޓުން ފާސްކޮށްފިއެވެ. ހުކުރު ދުވަހު ޕޯޗުގަލްގެ ޕާލަމެންޓުން ފާސްކުރި ބިލުގެ ދަށުން، މީހުން އުޅޭ ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުމުން 200 ޔޫރޯއިން ފެށިގެން 4،000 ޔޫރޯ (234 އެމެރިކާ ޑޮލަރުން 4،670 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭއިރު، މީހަކު ލައްވާ މޫނު ނިވާކުރާ ހެދުން އެޅުވުމުން 3 އަހަރާ ހަމައަށް ޖަލަށް ލެވެއެވެ. މި ބިލުގައިވާ ގޮތުން މަތިންދާބޯޓުތަކާއި، […]

ދާއިމީ ސުލްހަ އަންނާނީ އދ.ގެ ގަރާރުތަކާއި އެއްގޮތަށް ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން: ރަޝިޔާ
International

ދާއިމީ ސުލްހަ އަންނާނީ އދ.ގެ ގަރާރުތަކާއި އެއްގޮތަށް ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން: ރަޝިޔާ

އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ދެމެހެއްޓެނިވި ސުލްހައެއް އަންނާނީ އދ.ގެ ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑެވް ވިދާޅުވެއްޖެއެވެ. ހަމާސް އާއި އިޒްރޭލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމުގެ ދަށުން އިއްޔެ ވަނީ އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނެއް ތެރެއިން ބައެއް މީހުން ދޫކޮށްލާފައެވެ. އަދި ހަމާސް އިން ވެސް ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގ...

އިސްރާއީލުން ހައްޔަރުކޮށްފައިތިބި ފަލަސްތީނު ރައްޔިތުން އެނބުރި އައުމުން އުފަލުގެ ކަރުނަ
International

އިސްރާއީލުން ހައްޔަރުކޮށްފައިތިބި ފަލަސްތީނު ރައްޔިތުން އެނބުރި އައުމުން އުފަލުގެ ކަރުނަ

އިސްރާއީލާއި ހަމާސްއާ ދެމެދު އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްޠީނު ރައްޔިތުން މިނިވަންކުރެވި، އެނބުރި ގެއަށް އައުމުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ވަނީ އުފާވެރިކަމާއެކު އެމީހުންނަށް މަރުޙަބާ ކިޔާފައެވެ. މި އެއްބަސްވުމުގެ ދަށުން މިނިވަންކުރެވުނު ފަލަސްޠީނު ރައްޔިތުން ބަހުގައި އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކާއި ޣައްޒާއަށް އައުމުން، އުފާވެރިކަމާއެކު އެމީހުންނާ ބައްދަލުކުރުމަށް ފަލަސްޠީނުގެ ރަ...

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 7 އަސީރުން އިސްރާއީލާއި ހަވާލުކޮށްފި
International

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 7 އަސީރުން އިސްރާއީލާއި ހަވާލުކޮށްފި

ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އާ އެއްބަސްވުމުގެ ދަށުން، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ 7 އަސީރުން މިއަދު މިނިވަންކޮށްފިއެވެ. މި އަސީރުން ރެޑް ކްރޮސް މެދުވެރިކޮށް ޣައްޒާއިން އިސްރާއީލާ ހަވާލުކޮށްފައިވާއިރު، އަދި މިއަދު އިތުރު 13 އަސީރުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. އިސްރާއީލުގެ ސިފައިން މަޢުލޫމާތު ދީފައިވާ ގޮތުގައި ދޫކޮށްލެވުނު 7 އަސީރުން މިހާރު ވަނީ އިސްރާއީލުގެ ސަރަހައްދަށް ގެންދެވިފައެވެ. ޖޯޑަންގެ އަމްމާނުން އަލް ޖަޒީރާގެ ނޫރު އޯދެހް ރިޕޯޓުކުރި ގޮތުގައި މި އަސީރުންގެ...