އެމެރިކާއިން 75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން މެދުކަނޑާލަނީ
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމަށް ނިންމައި، އެކަން ކޮންސިއުލާ އޮފިސަރުންނަށް އަންގައިފިއެވެ. މި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2026 އިން ފެށިގެންނެވެ. ވިސާ ހުއްޓާލާކަމަށް ބުނާ މައިގަނޑު ސަބަބު ސަރުކާރުން ހާމަކުރި ގޮތުގައި މި ފިޔަވަޅު އެޅީ، ވިސާއަށް އެދޭ ފަރާތްތަކަކީ “ޕަބްލިކް ޗާޖް” ނުވަތަ ސަރުކާރުގެ އެހީއަށް ބަރޯސާވާނެ ބައެއް ނޫންކަން ކަށަވަރުކުރުމަށެވެ. މިގޮތުން ސްކްރީން...