އެމެރިކާ އާއި އިސްރާއީލަކީ އަމިއްލަ އެދުމުން ފޯވެފައިތިބި ލަދުކުޑަ ގޭންގް ސްޓާރުން،: އުތުރު ކޮރެއާ
އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ “ޣައިރުޤާނޫނީ” ހަމަލާތަކެއް ކަމަށާއި، އެއީ އީރާނުގެ މިނިވަންކަމާއި، ސިޔާދަތީ އަދި ބިމުގެ އިސްތިޤްލާލަށް އަރައިގަތުން ކަމަށް ބުނެ އުތުރު ކޮރެއާއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އާދީއްތަ ދުވަހު އުތުރު ކޮރެއާއިން ނެރުނު ބަޔާނެއްގައި، އީރާނަށް ދެމުންދާ ހަމަލާތަކަކީ “ޣައިރުޤާނޫނީ އުދުވާނެއް” ކަމަށް ސިފަކޮށްފައިވެއެވެ. އަދި މިއީ “ގޭންގްސްޓަރުން ފަދަ” އަނިޔާވެރި ސިފަ ހާމަވެގެންދާ ކަމެއް ކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ. އުތުރ...