ރަޝިޔާއަކީ އިސްލާމީ ޖުމްހޫރިއްޔާގެ އިތުބާރުހުރި ބައިވެރިއެއްކަން ޔަގީންކޮށްދެމުން އީރާންގެ އައު އިސް ލީޑަރަށް ޕުޓިންގެ މަރުހަބާ
އީރާނުގެ އާ ރޫޙާނީ ލީޑަރުގެ މަޤާމާ މުޖްތަބާ ޚާމަނާއީ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާ ވިދާޅުވެއްޖެއެވެ. އީރާނުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޚާމަނާއީ އައްޔަނު ކުރެއްވުމާ ގުޅިގެން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށް ކްރެމްލިންއިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ. ކްރެމްލިންއިން ނެރުނު ބަޔާނުގައިވާ ގޮތުން ޕުޓިން ވިދާޅުވީ، އީރާނަށް ހަތިޔާރު އެޅި ހަމަލާތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެފަދަ މަތީ މ...