ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެމެރިކާ އަތުން 11.3 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ
އިރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުވެފައިވާ ކަމަށް ޕެންޓަގަނުން އެމެރިކާގެ ކޮންގްރެސްއަށް އަންގައިފިއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ހުރި ތިން މަޞްދަރަކާއި ހަވާލާދީ އެމެރިކާގެ ”އެންބީސީ” ނިއުސް އިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ އޮފިޝަލުން މި ތަފްޞީލުތައް ދެއްވީ އަންގާރަ ދުވަހު ސެނެޓަރުންނާއެކު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ. ނަމަވެސް، ޑެލަވެއާގެ ސެނެޓަރު ކްރިސް ކޫންސް ބުދަ ދުވަހު...